Monday, 2 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

މާރާމާރީތަކާ ގުޅިގެން ހައްޔަރުކުރި މީހާ ބުނީ ކުށުގެ ވެށީގައި ނޫޅޭ ކަމަށް

މާރާމާރީތަކާ ގުޅިގެން ހައްޔަރުކުރި މީހާ ބުނީ ކުށުގެ ވެށީގައި ނޫޅޭ ކަމަށް
މާލޭގައި ސިލްސިލާ މާރާމާރީތަކާ ގުޅިގެން ފުލުހުން ހައްޔަރުކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ފިލަންވެގެން މެލޭޝިޔާ އަށް ގޮސް ފޭބިތަނުން އަނބުރާ ރާއްޖެ އައުމާއެކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އިން ހައްޔަރުކުރި މީހާގެ ބަންދަށް ކްރިމިނަލް ކޯޓުން 10 ދުވަސް މިއަދު ޖަހައިފި އެވެ. އެ މައްސަލާގައި ފުލުހުން ހައްޔަރުކުރީ ޏ. ފުވައްމުލައް، ދިގުވާނޑު، ބަނަފްސާގެ، އުމުރުން 31 އަހަރުގެ ހުސައިން އަރީޝް (ނޮޑީ) އެވެ. ބަންދުގެ މުުއްދަތު ޖަހަން ކޯޓަށް ހާޒިރުކުރުމުން އަރީޝް ބުނި ކުރިން ކުށުގެ ވެށީގައި އުޅުނު ނަމަވެސް މިހާރު އުޅެނީ ކުށުގެވެއްޓާ ދުރުގައި ކަމަށެވެ. "ކުށުގެ ވެއްޓާ ދުރުގައި އުޅޭތާ 5 އަހަރުވަރު ވެދާނެ ކަމަށާއި، މީނާއަކީ އާއިލާއެއް ގޮވައިގެން ރަނގަޅު ދިރިއުޅުމެއް އުޅެމުންދާ މީހެއްކަމަށް ބުނެފައިވޭ' ކޯޓު އަމުރުގައި ބުންޏެވެ. ފުލުހުން މިއަދު ބުނީ އަރީޝް މީގެ ކުރިން 26 ފަހަރެއްގެ މަތިން ހައްޔަރުކޮށްފައިވާ ކަމަށެވެ. އޭނާގެ ކުށުގެ ރިކޯޑްތައް:
  • މާރާމާރީގެ 15 ރެކޯޑެއް
  • މަސްތުވާތަކެތީގެ މައްސަލައިގެ 6 ރެކޯޑެއް
  • މީހުންގެ މުދަލަށް ގެއްލުން ދިނުމުގެ 3 ރެކޯޑެއް
  • ތޫނު ހަތިޔާރު ގެންގުޅުމުގެ 2 ރެކޯޑެއް
އެނގިފައިވާ ގޮތުން އަރީޝް އަކީ މާލޭ ވައިކަންމަތީ ގޭންގުގެ އިސްމީހެކެވެ. އައިޖީއެމްއެޗް ކައިރީގައި މީހެއްގެ ބޮލުގައި މަރުތޭލަކުން ޖެހި މާރާމާރީގައި އަރީޝްއާ ގުޅުން އޮތްކަމަށްވެ އެވެ.  

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް