ކުޑަކުދިންގެ ކުޅޭ ސާމާނު ވިއްކާ ފިހާރަ "މޫމޫ" ގެ ލޮކޭޝަން މަޖީދީމަގަށް ބަދަލުވެއްޖެ

މަދު ދުވަސްކޮޅެއްގެ ތެރޭގައި ގިނަ ބައެއްގެ މަގުބޫލުކަން ހޯދި ކުޑަކުދިންގެ ކުޅޭ ސާމާނު ވިއްކާ ފިހާރަ "މޫމޫ" ގެ ލޮކޭޝަން ބަދަލުވެއްޖެ އެވެ.
މޫމޫގެ މެނޭޖަރު ނޫހް އިބްރާހިމް އަޝްވާގު "ދެން" އަށް މައުލޫމާތު ދެއްވި ގޮތުގައި، މި ބަދަލު ގެނައީ ވިޔަފާރި ފުޅާކޮށް، އިތުރު ކަސްޓަމަރުންނަށް ފަސޭހައިން ހިދުމަތް ފޯރުކޮށްދިނުމުގެ މަގުސަދުގަ އެވެ.
<strong>"އަޅުގަނޑުމެން އަބަދުވެސް މަސައްކަތް ކުރަނީ ކަސްޓަމަރުންނަށް އެންމެ ފަސޭހަ ގޮތްތައް ހޯދައިދިނުމަށް. މަޖީދީމަގަކީ ގިނަ ބަޔަކު ދަތުރުކުރާ ތަނަކަށްވާތީ، މި ތަނުން އަޅުގަނޑުމެންގެ ހިދުމަތް ފޯރުކޮށްދިނުމަށް ނިންމީ،"</strong> އެ ފަރާތުން ވިދާޅުވި އެވެ.
<img class="alignnone size-large wp-image-271175" src="https://cdn.dhen.mv/wp-content/uploads/2025/02/IMG_20250219_085503_857-1024x682.jpg" alt="" width="690" height="460" />
ނޫހް ވިދާޅުވި ގޮތުގައި، މި އާ ފިހާރަ ހުޅުވާފައި ވަނީ މަޖީދީމަގުގައި ހުންނަ ސީކްރެޓް ރެސިޕީ ކުރިމަތީގައި، ވޭލާ ފޮތި ފިހާރަ އާ ޖެހިގެންނެވެ.
"މޫމޫ" އިން ފޯރުކޮށްދޭ ތަކެތީގެ ތެރޭގައި އެކި އުމުރުފުރާގެ ކުޑަކުދިންނަށް އަމާޒުކޮށްފައިވާ މުނިފޫހިފިލުވުމުގެ ސާމާނާއި ކުޅޭ ތަކެތީގެ ގިނަ ވައްތަރުތަކެއް ހިމެނެ އެވެ. މީގެ އިތުރުން، ކުޑަކުދިންގެ މަޝްހޫރު ބްރޭންޑްތަކުގެ ހެދުން، ސެންޑަލް، ބޫޓު އަދި އެކްސެސަރީޒް ފަދަ ތަކެތި ވެސް ލިބެން ހުންނާނެ ކަމަށް ނޫހް ވިދާޅުވި އެވެ.
ފިހާރައިގައި ހުންނަ ތަކެތީގެ މައުލޫމާތު "މޫމޫ" ގެ އިންސްޓަގްރާމް އަދި ފޭސްބުކް ޕޭޖް (@moomoomv) އިން ލިބެން ހުންނާނެ އެވެ. އަދި އޮންލައިންކޮށް އޯޑަރުކުރާ ތަކެތި ހިލޭ ޑެލިވަރީ ކޮށްދިނުމުގެ ހިދުމަތް ވެސް ފޯރުކޮށްދޭނެ ކަމަށް އެ ފަރާތުން ބުނެފައިވެ އެވެ.
<img class="alignnone size-large wp-image-271174" src="https://cdn.dhen.mv/wp-content/uploads/2025/02/IMG_20250219_085504_131-1024x682.jpg" alt="" width="690" height="460" />
މޫމޫއަކީ 2019 ވަނަ އަހަރު އޮންލައިންކޮށް ފަށައިގަނެ، ކުޑަކުދިންގެ ކުޅޭ ސާމާނު ވިއްކުމުގައި ކުރިއަރަމުން އަންނަ ވިޔަފާރިއެކެވެ. ފޭސްބުކް ޕޭޖަކުން ވުޖޫދުކުރި މި ވިޔަފާރިން ފިހާރައެއް ހުޅުވީ 2022 އަހަރުގެ މެދުތެރޭގަ އެވެ. އާ ތަނުގައި ވެސް ކުރިން ފޯރުކޮށްދެމުން އައި ހުރިހާ ހިދުމަތްތަކެއް ލިބެން ހުންނާނެ ކަމަށް ފިހާރައިން ބުނެފައިވެ އެވެ.
އިތުރު މައުލޫމާތު ހޯދުމަށް 9952512 ނަމްބަރާ ގުޅުމުން ލިބޭނެ އެވެ.







ކޮމެންޓް