Wednesday, 28 October 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމަށް އަމްޖަދު މުސްތޮފާ

ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމަށް އަމްޖަދު މުސްތޮފާ

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ގެ ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުކަމުގެ މަގާމަށް އަމްޖަދު މުސްތޮފާ ހަމަޖައްސައިފި އެވެ.

ޖޭއެސްސީން މިއަދު ބުނީ އެ މަގާމަށް އަމްޖަދު ހަމަޖެއްސީ މިދިޔަ ޑިސެމްބަރު މަހު ކުރި އިއުލާނުގެ ދަށުން ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމަށް މީހަކު ހަމަޖައްސަން އެކުލަވާލި އިންޓަވިއު ޕެނަލުން ކޮމިޝަނަށް ހުށަހަޅާފައިވާ ރިޕޯޓުގައިވާ ގޮތުގެ މަތިން ކަމަށެވެ.

މަގާމަށް ކުރިމަތިލި ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވެ، އިންޓަވިއުއިން އެންމެ މަތިން މާކްސް ހޯދާފައި ވަނީ އަމްޖަދު ކަމުގައި ޖޭއެސްސީން ފާހަގަކުރި އެވެ.

Advertisement
Ooredoo — Truecaller (box)

އޭނާ ވަނީ ވަޒީފާ އާ ބެހޭ ޓްރައިބިއުނަލްގެ ރައީސްކަމާއި އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ނައިބު ރައީސްކަން ކުރައްވާފަ އެވެ. މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) ގެ ބޯޑު މެމްބަރުކަން ވެސް ކުރެއްވި އެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް