އެޗްޑީސީން ހަ ދާއިރާއަކުން 49 މީހުން ތަމްރީނުކޮށް ސަނަދު ހަވާލުކޮށްފި

އެޗްޑީސީން ހަ ދާއިރާއަކުން މީހުން ތަމްރީނުކުރުމަށް ކުރިއަށް ގެންދިޔަ 'އެޕްރެންޓިސްޝިޕް ޕްރޮގްރާމް 2024' ނިންމައި، ސަނަދު ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވައިފި އެވެ.
ހުޅުމާލޭގެ ޝްވެކް ސިނަމާގައި މިއަދު ހެނދުނު ބޭއްވި މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ހަޔަ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހްމަދެވެ.
އެޗްޑީސީން ކުރިއަށް ގެންދިޔަ ހަތްވަނަ އެޕްރެންޓިސްޝިޕް ޕްރޮގްރާމެވެ. އެގޮތުން، މިއަހަރުގެ ޕްރޮގްރާމް ނިންމައި ޖުމްލަ 49 ބައިވެރިން ވަނީ ސަނަދު ހާސިލްކޮށްފަ އެވެ.
ކޮންމެ މަހަކު އެލަވަންސްއެއް ލިބޭ ގޮތަށް، ހަ މަސް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި ހަ ދާއިރައަކުން ވަނީ ބައިވެރިން ތަމްރީނުކޮށްފަ އެވެ.
- ގާޑަނިން
- ކޮމްޕިއުޓަރ ހާޑްވެއާ އެންޑް ނެޓްވޯކިން
- ފްރަންޓް އޮފީސް ސާވިސަސް
- ހެލްތު އެންޑް ސޭފްޓީ އިން ކޮންސްޓްރަކްޝަން
- އިލެކްޓްރިކަލް އިންސްޓޮލޭޝަން އެންޑް މެއިންޓެނެންސް
- ކޮންސްޓްރަކްޝަން ސައިޓް ސުޕަވިޝަން






ކޮމެންޓް