ޗައިނާގެ" ޑީޕްސީކް"އިން އުއިގަރުންގެ ނަސްލު ގެއްލުވާލަން މަސައްކަތްތަކެއް

ޗައިނާގެ އާ އާޓިފިޝަލް އިންޓެލިޖެންސް އޭއައި އެޕްލިކޭޝަން "ޑީޕްސީކް" އިން އުއިގަރުން މުސްލިމުންގެ ނަސްލު ފޮހެލައި ހަގީގަތް ފޮރުވަން މަސައްކަތްކުރާ ކަމަށް ތުހުމަތުކޮށްފި އެވެ.
އިނގިރޭސިވިލާތުގެ ނޫސް "ދަ އިންޑިޕެންޑެންޓް" އިން ކޮށްފައިވާ ރިޕޯޓުތަކުގައި ބުނީ މި އެޕްލިކޭޝަނުން އުއިގަރުންނާއި
ބައިނަލްއަގްވާމީ މީޑިއާތަކުން ކޮށްފައިވާ ރިޕޯޓުތަކުގައި ބުނީ އުއިގަރު މުސްލިމުންނަށް ކުރަމުންދާ އަނިޔާތަކާއި ނަސްލާ ބެހޭގޮތުން ސުވާލު ކުރުމުން ޖަވާބު ދިނުމުގައި ހަގީގަތް އޮޅުވާލާ ކަމަށެވެ.
އުއިގަރު ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ބުނީ މި އެޕްލިކޭޝަނުން އުއިގަރުންނަށް ކުރަމުންދާ އަނިޔާތަކާއި ގުޅޭ ގޮތުން ކުރެވޭ ސުވާލުތަކަށް ޖަވާބު ދިނުމުގައި ހަގީގަތް އޮޅުވާލައި، ޗައިނާ ސަރުކާރުގެ ޕްރޮޕެގަންޑާ ފަތުރަމުންދާ ކަމަށެވެ.
"ޑީޕްސީކް" އަކީ ޗައިނާގެ ޓެކްނޮލޮޖީ ދާއިރާގެ ބޮޑެތި ކުންފުނިތަކުގެ ކުރީގެ މުވައްޒަފުން އުފައްދާފައިވާ އެޕްލިކޭޝަނެކެވެ. މި އެޕްލިކޭޝަނުން އުއިގަރުންގެ މައްސަލައާ ގުޅޭ ގޮތުން ދޭ ޖަވާބުތަކުގެ ސަބަބުން ބައިނަލްއަގްވާމީ ފެންވަރުގައި ކަންބޮޑުވުން ފާޅުކުރަމުންދާ ކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ.
އެމެރިކާ އާއި އެހެނިހެން ހިއުމަން ރައިޓްސް ޖަމިއްޔާތަކުން ބުނީ ޗައިނާގެ ޝިންޖިއާންގް ސަރަހައްދުގައި އެތައް މިލިއަން އުއިގަރު މުސްލިމުންނެއް ބަންދުކޮށް، އަނިޔާކޮށް، މަޖުބޫރުން މަސައްކަތް ކުރުވަމުންދާ ކަމަށް ތުހުމަތުކުރެވޭ ކަމަށެވެ.
ނަމަވެސް ޗައިނާ ސަރުކާރުން މިކަން ދެކޮޅަށް ދައްކައި، މިއީ ހަމައެކަނި ޓެރަރިޒަމް މަނާކުރުމަށް ހިންގާ ތަމްރީނު ޕްރޮގްރާމްތަކެއް ކަމަށް ބުނެއެވެ.