Sunday, 1 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ހޯޕް އައިލެންޑު އުތުރު ތިލަފަޅަށް ބަދަލުކުރަން ވިސްނަނީ

ހޯޕް އައިލެންޑު އުތުރު ތިލަފަޅަށް ބަދަލުކުރަން ވިސްނަނީ

ކުށަށް އަރައިގަތުމުގެ ނުރައްކަލުގައިވާ ކުދިންނަށް ބޭނުންވާ ފަރުވާ ފޯރުކޮށް ދިނުމަށާއި އިސްލާހީ އަދި ރިހެބިލިޓޭޝަން ޕްރޮގްރާމްތައް ހިންގުމަށް ދ. ވާނީގައި އަޅަން ނިންމާފައިވާ "ހޯޕް އައިލެންޑް" މާލެ ކައިރީގައި އޮންނަ އުތުރު ތިލަފަޅަށް ބަދަލުކުރުމުގެ ވިސްނުން ސަރުކާރުން ގެންގުޅޭކަން އެނގިއްޖެ އެވެ.

ހޯޕް އައިލެންޑުގެ ކުރެހުންވެސް ނިންމާލައި، ފައިނޭންސް ކުރާނެ މޮޑެލް އިކޮނޮމިކް ކައުންސިލަށް ހުށަހެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓްރީން މީގެ ކުރިން އޮތީ ބުނެފައި އެވެ.

ހޯމް މިނިސްޓްރީގެ އިސް އޮފިޝަލަކު "ދެން" އަށް މިއަދު ވިދާޅުވީ ވާނީ ގައި ހޯޕް އައިލެންޑް އަޅާނަމަ ކުރަން ޖެހޭ ހަރަދުތައް ބޮޑުވާނެ ކަމަށެވެ.

Advertisement
Ooredoo — Square (box)

"މާލެ ކައިރިވީމާ [އުތުރު ތިލަފަޅު] ހުރިހާ ގޮތަކުން ފަސޭހަވާނެެ" އޮފިޝަލް ވިދާޅުވި އެވެ.

އެކަން ފާސްކުރާނީ ވަޒީރުންގެ މަޖިލީހުގެ ރުހުން ހޯދައިގެން ކަމަށްވާތީ، އެކަން ކުރުމަށް ތައްޔާރުވަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

ސަރުކާރުން ބުނެފައިވާ ގޮތުން ހޯޕް އައިލެންޑު ގައި އެއްފަހަރާ 400 ކުދިން ބައިތިއްބައިގެން ރިހެބިލިޓޭޓް ކުރެވޭނެ އެވެ.

https://dhen.mv/229493

އެތަނުގައި ރިހިބިލިޓޭޓްވާ ކުދިން 18 އަހަރުވުމުން ފުލުހުން ނުވަތަ ސިފައިންގެ ހިދުމަތައް ވެއްދުން އަދި ވަކި މުއްދަތަކަށް ފަހު އެކުދިން ބޭނުންވާ ދާއިރާ އަށް ނިކުތުމުގެ ފުރުސަތު ލިބިގެން ދާނެ ކަމަށްވެސް މިނިސްޓަރު އަލީ އިހުސާނު މީގެ ކުރިން ވިދާޅުވެފައިވެ އެވެ.

ހޯޕް އައިލެންޑު އުތުރު ތިލަފަޅަށް ބަދަލުކުރުމުގެ ވިސްނުން މިނިސްޓްރީން ގެންގުޅޭއިރު، <span lang="DIV">ކުށްވެރިން </span><span lang="DIV">ބަންދުކުރަން އުތުރު ތިލަފަޅުގައި ޖަލެއް އިމާރާތްކޮށް އެހެން ހުރިހާ </span><span lang="DIV">ޖަލުތަކެއް ބަންދުކުރަން ސަރުކާރުން ވަނީ ނިންމާފަ އެވެ. </span><span lang="DIV"> </span>

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް