Sunday, 1 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

އައްމަޓީ ދޫކޮށްލަން އަނެއްކާ ވެސް އަމުރުކޮށްފި

އައްމަޓީ ދޫކޮށްލަން އަނެއްކާ ވެސް އަމުރުކޮށްފި

ޚިޔާނާތުގެ ގިނަ ދައުވާތަކެއް އުފުލިފައިވާ ސީލައިފް ގްލޯބަލް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މޫސާ (އައްމަޓީ) ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުން މިއަދު ޙުކުމްކޮށްފިއެވެ.

ފްލެޓު އަޅައިދޭނެކަމަށް ބުނެ ސީލައިފް ކުންފުނިން ގިނަ ބައެއްގެ އަތުން ފައިސާ ނަގައި، އެ މަސައްކަތް ކޮށްފައިނުވުމުގެ ތުހުމަތުގައި، ޝަރީއަތް ނިމެންދެން އައްމަޓީ ބަންދުކުރަން ކުރަން އެންގިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އައްމަޓީ ދޫކޮށްލަން ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފައި ވަނީ ޝަރުތުތަކަކާ އެކުގައެވެ، މިއީ މި މައްސަލައިގައި އޭނާ ބަންދު ކުރުމަށްފަހު ދޫކޮށްލި ތިންވަނަ ފަހަރެވެ. މީގެ ކުރިން ދެ ފަހަރު ވެސް ދޫކޮށްލުމަށް ފަހު އޭނާ އަލުން ބަންދު ކުރީ ހައިކޯޓުން އަމުރު ކުރުމާ ގުޅިގެންނެވެ.

Advertisement
Ooredoo — Square (box)

އައްމަޓީގެ ބަންދު މުރާޖަޢާކުރަން މިއަދު ބޭއްވި އަޑުއެހުމުގައި، ދައުލަތުން އޭނާގެ ބަންދު ދަމަހައްޓަން އެދުނީ އޭނާ ފިލައިފާނެ ކަމަށް ބުނެއެވެ، އަދި އޭނާގެ ސިއްހީ މައްސަލަތަކެއް ހުއްޓަސް، ގަވާއިދުން އޭނާ ޑޮކްޓަރަށް ދައްކަމުން ގެންދާ ކަމަށާއި އަދި އޭނާގެ އޮޕަރޭޝަން ކުރުމަށް ޓަކައި ޑޮކްޓަރުގެ އެޕޮއިންޓްމަންޓަށް ވެސް އެދިފައިވާ ކަމަށް ދައުލަތުން ބުނެފައިވެއެވެ.

ދައުލަތުގެ އެ ތުހުމަތުތަކާ ގުޅޭގޮތުން އައްމަޓީގެ ވަކީލު މަރިޔަމް ނިހާޔަތު ވިދާޅުވީ ފިލައިގެން އުޅުނު ކަމަށް ބުނަނީ އައްމަޓީ އޭނާގެ އަންހެނުންނާއި އާއިލާ ގާތަށް ސްރީލަންކާއަށް ގޮސްހުރި ދުވަސްވަރު ކަމަށެވެ. އޭނާ އެނބުރި އައީ ޕާސްޕޯޓް ހަމަވުމުން ކަމަށާއި އަދި މިވަގުތު އޭނާގެ އަތުގައި ޕާސްޕޯޓެއް ވެސް ނެތުމުން ފިލޭނެ އެއްވެސް ގޮތެއް ނޯންނާނެ ކަމަށް ވަކީލް ވިދާޅުވިއެވެ.

ޝަރުތުތަކަކާ އެކު އައްމަޓީ ދޫކޮށްލަން އަމުރު ކުރައްވަމުން ގާޒީ ވިދާޅުވީ، ކޮށްފައިވާ ޝަރުތުތައް ދެފަރާތަށް ވެސް އަންގަވާނެ ކަމަށެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް