އަޅުގަނޑު ނުބުނާ ގޮތަކަށް ފަލާހު ކަމެއް ނުކުރައްވާނެ: ރައީސް

އެމަނިކުފާނު ނުދަންނަވާ ކަމެއް ޕީއެންސީގެ މެންބަރުންގެ ގާތު ރައްޔިތުންގެ މަޖިލީހުގެ ޕީޖީ ލީޑަރު އިބްރާހީމް ފަލާހު ވިދާޅުނުވާނެ ކަމަށް ކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު 5 އަށް މަދުކުރަން މަޖިލީހަށް ހުށަހަޅާފައިވާ ބިލާ ގުޅިގެން ޕީއެންސީގެ މަޖިލީސް މެންބަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕަށް ހަވީރު ފޮނުއްވި ޓެކްސްޓް މެސެޖެއްގައި ރައީސް ވިދާޅުވީ ފަލާހު އަށް ފުރިހަމަ އިތުބާރު އެބައޮތް ކަމަށެވެ.
"ފަލާހު އަކީ އަޅުގަނޑުގެ ފުރިހަމަ އިތުބާރު އޮތް ބޭފުޅެއް، އަޅުގަނޑު ނުބުނާ ކަމެއް ފަލާހުނުކުރައްވާނެ ކަމުގެ ޔަގީންކަން އެމްޕީސް އަށް އަރުވަން'' ރައީސް ވިދާޅުވި އެވެ.
އެ ބިލުގެ ފުރަތަމަ ކިޔުން މިއަދު އިއްވާފައިވާއިރު، ބިލު ހުށަހެޅުއްވީ ހޮޅުދޫ ދާއިރާގެ ޕީއެންސީ މެންބަރު އަބްދުއްސައްތާރު މުހައްމަދު (ސަޓޯ) އެވެ. އަބްދުއްސައްތާރު، ބިލު ހުށަހެޅުއްވީ އަމިއްލަ ހައިސިއްޔަތުންނެވެ.
ބިލުގެ އިބްތިދާއީ ބަހުސް ފެށުމަށް މާދަމާއަށް ތާވަލުކުރިއިރު، ބިލާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް މިއަދު މެންދުރުފަހު ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕުގެ މެންބަރުންގެ ބައްދަލުވުމެއް ވެސް ބޭއްވި އެވެ.
- ބައްދަލުވުމުގައި ގިނަ މެންބަރުންތަކެއް ބިލާ ދެކޮޅަށް ވާހަކަ ދެއްކެވި
- ޕާޓީން ނެރޭ ވިޕްލައިނަށް އިހުތިރާމު ކުރުމަށް ގިނަ މެންބަރުން އެއްބަސްވި
- ކޮންމެ ގޮތަކަށް ވިޕްލައިން ނެރުނަސް ވޯޓު ނުދޭނެ ކަމަށް ވެސް ބައެއް މެންބަރުން ވިދާޅުވި






ކޮމެންޓް