ޚަބަރު

ކޮނޑޭއިން މަސްތުވާތަކެއްޗާއެކު ދެމީހަކު ހައްޔަރުކޮށްފި

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

މަސްތުވާ ތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުން ގެންދާ އޮޕަރޭޝަނެއްގައި ގއ.ކޮނޑޭއިން ދެމީހަކު ހައްޔަރު ކޮށްފިއެވެ.

Ads by STELCO

މި މައްސަލައާއި ގުޅިގެން އެރަށުން ހައްޔަރު ކޮށްފައި ވަނީ 22 އަހަރުގެ ފިިރިހެނަކާއި 23 އަަހަރުގެ ފިރިހެނެއް ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. މިދެމީހުން ހައްޔަރު ކޮށްފައި ވަނީ ފުލުހުންގެ އިންޓެލިޖެންސާއި ގއ.ގެމަނަފުށި ޕޮލިސް ސްޓޭޝަނުގައި މަސައްކަތް ކުރާ ފުލުހުން ގުޅިގެން 19 ސެޕްޓެމްބަރގައި ހިންގި އޮޕަރޭޝަނެއްގައި ކަމަށް ފުލުހުން ބުނެއެވެ.

މި އޮޕަރޭޝަންގައި އެދެމީހުން ބަލައި ފާސްކުރި ކުރުމުގައި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްް ހުރި ތިން ސެލޯފިންކޮޅާއި ރަބަރު ޕެކެޓެއް ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުނެއެެވެ. އަދި މި މައްސަލައާއި ގުޅިގެން ދެމީހުންގެ ބަންދުގެ މުއްދަތަށް ގޮތެއް ނިންމުމަށް ގއ.ގެމަނަފުށީ މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުުމުން، މިނިސްޓްރީ އޮފް ހޯމް އެފެއާރޒުން ކަނޑައަޅާ ތަނެއްގައި ބެހެއްޓުމަށް 10 ދުވަހުގެ މުއްދަތު 22 އަހަރުގެ މީހާއަށް ވަނީ ދީފައެވެ. އަދި 23 އަހަރުގެ މީހާ ބަންދުގެ މުއްދަތެއްގެ ގޮތުގައި ވަނީ 14 ދުވަސް ދީފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!