Sunday, 1 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ސްކޫލު ކުއްޖަކަށް ވަޅިން ހަމަލާ ދިނުމުގައި ބައިވެރިވިކަން ސާބިތެއް ނުވި

ސްކޫލު ކުއްޖަކަށް ވަޅިން ހަމަލާ ދިނުމުގައި ބައިވެރިވިކަން ސާބިތެއް ނުވި
ދެހާސް އަށާރަ ވަަނަ އަހަރު ދަރުަމަވަންތަ ސްކޫލުގެ ދަރިވަރަކަށް ވަޅިން ހަމަލާދީ މާރާމާރީ ހިންގި މައްސަލައިގައި ބައިވެރިވިކަމަށް ތުހުމަތުކުރެވޭ މީހެއްގެ މައްޗަށް ކުރި ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން މިދިޔަ ހޯމަ ދުވަހު ހުކުމްކޮށްފި އެވެ. މއ. ނެވަކޯން/ އަބްދުއްﷲ ޝަޔާން ޝާހިދުގެ މައްޗަށް ކޮށްފައިވަނީ ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގައި ބައިވެރިވުމުގެ ދައުވާ އެވެ. ކްރިމިނަލް ކޯޓުން ނެރުނު ހުކުމުގެ ހުލާސާގައި ތުހުމަތުކޮށްފައިވާ ގޮތުގައި ޝަޔާންއާއި އިތުރު ބަޔަކު ވެގެން ރަށްދެބައިމަގު، ގ.ޕްރަސްޕެކްޓްގެ ހުންނަ ކޮޅުބެދިފައި ހުންނަ ގޯޅިގަނޑުގެ ތެރޭގައި މުހައްމަދު އަބާން ނަމަކަށް ކިޔާ ކުއްޖަކަށް ވަނީ ތޫނު އެއްޗަކުން ހަމަލާދީ މާރާމާރީ ހިންގައިފަ އެވެ. އެ ހަމަލާ ދިން އިރު އަބާން ހުރީ ސްކޫލު ޔުނީފޯމްގަ އެވެ. ނަމަވެސް ކްުރިމިނަލް ކޯޓުން ކުރި ހުކުމުގައި ބުނީ ތުހުމަތުތަކަކަށް ޝަޔާން އިންކާރުކުރުމާއެކު ދައުވާ ސާބިތުކުރަން ދައުލަތުން ހުށަހެޅި ހެއްކާއި ގަރީނާއިން ޝަޔާން މާރާމާރީގައި ބައިވެރިވިކަމަށް ޝައްކެއް ނެތް މިންވަރަށް ސާބިތުނުވާ ކަމަށެވެ. މައްސަލަ ސާބިތުނުވާ ކަމަށް ކަނޑައަޅައި ކްރިމިނަލް ކޯޓުން ފާހަގަކުރި މުހިންމު ނުކުތާތައް
  • މާރާމާރީ ހިންގި މަންޒަރު ދުށް ހެއްކަކު ނެތް
  • މާރާމާރީގައި ބައިވެރިވުމުގެ ގޮތުން ޝަޔާން ކުރި އަމަލު ދައުލަތުން ހުށަހެޅި ހެކި ގަރީނާގައި ސާފުކޮށް އެނގެން ނެތް
  • ހަމަލާ ދިން އިތުރު ބަޔަކާއެކު މާރާމާރީ ހިންގި ސަރަަހައްދުން ޝަޔާން ހިނގާފައިދާ މަންޒަރު ފެންނަ ސީސީޓީވީ ފުޓޭޖް ހުށަހެޅި. ނަމަވެސް މިއީ ކުށުގެ ތުހުމަތުކުރެވިގެންވާނެ ސަބަބެއް ނޫން ކަމަށް ހުކުމުގައި ބުނެފައިވޭ
  • މާރާމާރީ ހިންގި ސަރަހައްދުގެ ފުރާޅުމަތިން ވަޅިއެއް ފެނުނު. ނަމަވެސް ޑީއެންއޭ ނުވަތަ ފިންގަޕްރިންޓްފަދަ ގަރީނާއެއް ހުށަހަޅާފައި ނުވޭ
އޭޑީކޭ ހޮސްޕިޓަލުގެ މެޑިކަލް ރިޕޯޓްއާ ހަވާލާދީ ހުކުމްގައި ބުނީ މާރާމާރީގައި ޝަޔާންގެ ބޮލަށް ގެއްލުންވެ ކަނާތުގެ އިނގިއްޔެއް ބިންދައިގެން ގޮސް ކަނާތް ފަރާތުގެ ބުރަކައްޓަށް ތޫނު އެއްޗަަކުން އަނިޔާވި ކަމަށެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް