Sunday, 1 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

މަރުތޭލުން ޖެހި މީހާގެ ބަންދުގެ މުއްދަތު އަނެއްކާވެސް އިތުރުކޮށްފި

މަރުތޭލުން ޖެހި މީހާގެ ބަންދުގެ މުއްދަތު އަނެއްކާވެސް އިތުރުކޮށްފި
އައިޖީއެމްއެޗް ކައިރީގައި މީހެއްގެ ބޮލުގައި މަރުތޭލަކުން ޖެހި މާރާމާރީއަށް ފަހު ފިލައިގެން މެލޭޝިއާ ދިޔަތަނުން އަނބުރާ ރާއްޖެ ފޮނުވާލުމުން ހައްޔަރުކުރި ޏ. ފުވައްމުލައް، ދިގުވާނޑު، ބަނަފްސާގެ، އުމުރުން 31 އަހަރުގެ ހުސައިން އަރީޝް ބަންދުގެ މުއްދަތު އަނެއްކާވެސް އިތުރުކޮށްފި އެވެ. އަރީޝް މާލެ އައިތަނުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހައްޔަރުކުރީ މި މަހުގެ 12 ވަނަ ދުވަހު އެވެ. އެ ފަހަރު އޭނާގެ ބަންދަށް 10 ދުވަސް ޖެހި އެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް "ދެން" އަށް މިރޭ ވިދާޅުވީ އަރީޝްގެ ބަންދުގެ މުއްދަތު ހަމަވަމުން މި މަހުގެ 23 އިން ފެށިގެން އޭނާގެ ބަންދަށް އިތުރު 15 ދުވަސް ކޯޓުން ޖަހާފައިވާ ކަމަށެވެ. ބަންދުގެ މުުއްދަތު ޖަހަން ފުރަތަމަ ފަހަރު ކޯޓަށް ހާޒިރުކުރުމުން އަރީޝް ބުނީ ކުރިން ކުށުގެ ވެށީގައި އުޅުނު ނަމަވެސް މިހާރު އުޅެނީ ކުށުގެވެއްޓާ ދުރުގައި ކަމަށެވެ. "ކުށުގެ ވެއްޓާ ދުރުގައި އުޅޭތާ 5 އަހަރުވަރު ވެދާނެ ކަމަށާއި، މީނާއަކީ އާއިލާއެއް ގޮވައިގެން ރަނގަޅު ދިރިއުޅުމެއް އުޅެމުންދާ މީހެއްކަމަށް ބުނެފައިވޭ' ކޯޓު އަމުރުގައި ބުންޏެވެ. ފުލުހުން ބުނީ އަރީޝް މީގެ ކުރިން 26 ފަހަރެއްގެ މަތިން ހައްޔަރުކޮށްފައިވާ ކަމަށެވެ. އޭނާގެ ކުށުގެ ރިކޯޑްތައް:
  • މާރާމާރީގެ 15 ރެކޯޑެއް
  • މަސްތުވާތަކެތީގެ މައްސަލައިގެ 6 ރެކޯޑެއް
  • މީހުންގެ މުދަލަށް ގެއްލުން ދިނުމުގެ 3 ރެކޯޑެއް
  • ތޫނު ހަތިޔާރު ގެންގުޅުމުގެ 2 ރެކޯޑެއް
އެނގިފައިވާ ގޮތުން އަރީޝް އަކީ މާލޭ ގޭންގެއްގެ އިސްމީހެކެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް