ރޯދައަށް ހާއްސަކޮށް އެސްޓީއޯގެ ހޯލްސޭލް ސެންޓަރެއް ހުޅުމާލޭގައި

ރޯދަ މަހަށް ހާއްސަކޮށް އެސްޓީއޯއިން ހުޅުމާލޭގައި ވަގުތީ ހޯލް ސޭލް ސެންޓަރެއް ހުޅުވައިފި އެވެ.
އެސްޓީއޯގެ މީޑިއާ އޮފިޝަލް "ދެން" އަށް މިއަދު ވިދާޅުވީ ހުޅުމާލޭ ހޮޓާ ސަރަހައްދުގައި ރޯދަ މަހަށް ހާއްސަކޮށްގެން އެ ސްޓޭޝަން ކުރީ ހުޅުމާލޭ ފިހާރަތަކަށް މުދާ ފަސޭހައިން ލިބޭނޭގޮތް ހަދައިދިނުމަށް ކަމަށެވެ.
އަދި އާންމުންނަށް މެދު ނުކެނޑި ލިބެން ހުންނާނޭ ގޮތް މަގުފަހިކޮށް ދިނުމަށް ކަމަށްވެސް އެ ކުންފުނިން މައުލޫމާތުދެ އެވެ.
ރޯދަ މަހުގެ ކުރިން އާއްމުކޮށް ބޭނުންވާ އަސާސީ ކާބޯތަކެތީގެ ތެރޭގައި ހިމެނޭ ފިޔާ އަދި އަލުވި ފަދަ ބާވަތްތައް ބާޒާރަށް ނެރެފައިވާއިރު، އެ ތަކެތި އިމްޕޯޓްކުރުމުގެ މައިގަނޑު ބޭނުމަކީ ރޯދަ މަހު މި ތަކެތީގެ އަގު އެކަށީގެންވާ މިންވަރެއްގައި ހިފެހެއްޓުން ކަމަށް އެސްޓީއޯއިން ބުންޏެވެ.
އެ ތަކެތީގެ އަގު ކަނޑައަޅާފައި ވަނީ ބާޒާރުގެ އަގުތަކަށް ރިއާޔަތްކޮށްގެން ކަމަށާ އަދި ބާޒާރުގެ އަގުތަކަށް އަންނަ ބަދަލާ ގުޅިގެން އެ ކުންފުނިން ވިއްކާ އަގަށް ވެސް ބަދަލު ގެނެވޭނެ ކަމަށް އެސްޓީއޯއިން ބުންޏެވެ.
އެސްޓީއޯއިން މިވަގުތު:
- ބިސް ކޭހެއް ވިއްކާނީ 320 ރުފިޔާއަށް
- އަލުވި ބަސްތާއެއް ވިއްކާނީ 310 ރުފިޔާއަށް
- ފިޔާ ބަސްތާއެއް ވިއްކާނީ 310 ރުފިޔާއަށް
- ފަސް ކިލޯގެ ލުނބޯ ކޭހެއް ވިއްކާނީ 145 ރުފިޔާއަށް
- އަސާސީ ކާބޯތަކެތި: ފިޔާ، ބިސް އަލުވި، ކާށި، ކަދުރު
- ތާޒާ ތަރުކާރީ އަދި މޭވާ: ލޮނުމެދު، އިނގުރު، ލައިމް، ކެރެޓް، އޮރެންޖް، ކެބެޖް، މިރުސް، ފޭރު، ކަރާ، އަނބު، ޕެޝަންފުރުޓް، ކިއުކަންބާ
- ޕްރޮސެސްޑް ކާނާ: ނެސްލޭ ކްރީމް، ކޮކޯ ޕައުޑަ، ބޭކެޓް ބީންސް، ގެރިކިރު ދަޅު
- ކެއްކުމަށް ބޭނުންކުރާ ތަކެތި: ސަންފްލާވަ އޮއިލް، ވެޖިޓަބަލް އޮއިލް، ބާސްމަތި ހަނޑޫ



.jpeg?prefix=media)


ކޮމެންޓް