ކަތިވަޅި ހިފައިގެން މާރާމާރީ ހިންގަން އުޅުނު ބަޔަކު ހައްޔަރުކޮށްފި

ކަތިވަޅިތަކެއް ހިފައިގެން މާރާމާރީ ހިންގަން އުޅުނު މައްސަލައެއްގައި ބަޔަކު ހައްޔަރުކޮށްފި އެވެ.
ކްރިމިނަލް ކޯޓުން މިއަދު އާއްމުކޮށްފައިވާ ކޯޓު އަމުރުން އެނގޭ ގޮތުގައި އެ މައްސަލާގައި ހައްޔަރު ކުރީ 18 އަހަރުގެ ދިވެހި ފިރިހެނެއްގެ އިތުުރުން 23 އަހަރުގެ ދިވެހި ފިރިހެނެކެވެ.
އެތަނުން 18 އަހަރުގެ މީހާ ހުރީ ހެލްމެޓާ، މާސްކު އަޅައިގެން ކަމަށާއި އޭނާގެ އަތުން ކަތިވަޅިއެއްގެ އިތުރުން ކަށިގަނޑެއް ފެނިފައިވާ ކަަމަށް ކޯޓު އަމުރުގައި ބުންޏެވެ. އަދި 23 އަހަރުގެ މީހާގެ އަތުންވެސް ކަތިވަޅިއެއްގެ އިތުރުން ޕްލަސް ކަށިގަނޑެއް ފެނުނު ކަމަށް ކޯޓު އަމުރުގައި ބުންޏެވެ.
މިއަދުގެ ކޯޓު އަމުރު ދައްކާ ގޮތުން މާރާމާރީ ހިންގަން އުޅުނު މައްސަލާގައި 18 އަހަރުގެ އިތުރު ޒުވާނަކުވެސް ހައްޔަރުކުރި އެވެ. އެކަމަކު އެ މީހާއާ ކަތިވަޅި ހިފައިގެން އުޅުނު މީހުންނާ ގުޅުމެއް އޮތް ކަމެއް ނުވަތަ ނޫންކަމެއް ކޯޓު އަމުރުން އެނގޭކަށް ނެތެވެ.
އޭނާގެ ބަންދަށް ކޯޓުން 5 ދުވަސް ޖަހާފައިވާއިރު ކަތިވަޅި ހިފައިގެން އުޅުނު މީހުންގެ ތެރެއިން 18 އަހަރު މީހާގެ ބަންދަށް 5 ދުވަސް އަދި 23 އަހަރުގެ މީހާގެ ބަންދަށް 16 ދުވަސް ޖަހާފައިވެ އެވެ.







ކޮމެންޓް