Monday, 2 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

އެސްޓީއޯއިން ބާޒާރަށް ލޮނުމެދު ނެރެފި، ކިލޯއެއް 45ރ. އަށް

އެސްޓީއޯއިން ބާޒާރަށް ލޮނުމެދު ނެރެފި، ކިލޯއެއް 45ރ. އަށް
އެސްޓީއޯއިން ބާޒާރަށް ފްރެޝް ލޮނުމެދު ނެރެ، ފިޔާ، ބިސް އަދި އަލުވި ވިއްކާ އަގަށް ބަދަލު ގެނެސްފި އެވެ. އެސްޓީއޯއިން ބުނީ، ލޮނުމެދު މިވަގުތު ވިއްކަން ހަމަޖެހިފައިވަނީ 45 ރުފިޔާއަށް ކިލޯއެއް ކަމަށެވެ. ލޮނުމެދު ލިބެން ހުންނާނީ އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިންނެވެ. ފިޔާ، އަލުވި، އަދި ބިސް ވިއްކާއަގަށް ބަދަލުގެނައުން: މީ އެސްޓީއޯއިން ރަމަޟާން މަހަށްވާ ހާއްސަ ކޮއްގެން ފިޔާ، ބިސް، އަދި އަލުވި ބާޒާރަށް ނެރެންފެށިފަހުން ބާޒާރުގެ އަގުތަކަށް އަންނަ ހެޔޮބަދަލާ ގުޅިގެން އަގަށް ބަދަލު ގެންނަ 4 ވަަނަ ފަހަރެވެ.
  • ފިޔާ: ބަސްތާއެއް 335 ރުފިޔާ، ވަކިން ކިލޯއެއް 14ރ ބިސް: ކޭހެއް 350 އަށް، ވަކިން 2ރ އަލުވި: ބަސްތާއެއް 515 ރުފިޔާއަށް، ކިލޯއެއް 25ރ
ބާޒާރަށް އަންނަ ބަދަލުތަކާ ގުޅިގެން އެސްޓީއޯއިން ވަނީ ހަތަރު ކެޓެގެރީ އަކަށްބަހާލެވިގެން ކާބޯތަކެތި އެތެރެކުރުމަށް ތައްޔާރުވެފަ އެވެ. އެއީ: އަސާސީ ކާބޯތަކެތި: ފިޔާ، ބިސް އަލުވި، ކާށި، ކަދުރު ތާޒާ ތަރުކާރީ އަދި މޭވާ: ލުނުމެދު، އިނގުރު، ލައިމް، ކެރެޓް، އޮރެންޖް، ކެބެޖް ޕްރޮސެސްޑް ކާނާ : ނެސްލޭ ކުރީމް، ކޮކޯ ޕައުޑާ، ބޭކްޑް ބީންސް، ގެރިކިރު ދަޅު ކެއްކުމަށް ބޭނުންކުރާތަކެތި: ސަންފްލާވާ އޮއިލް، ވެޖިޓަބަލް އޮއިލް، ބާސްމަތީ ހަނޑޫ ރޯދަ މަހަށް ހާއްސަކޮށް އެސްޓީއޯއިން އިމްޕޯޓްކުރާ މައިގަނޑު ތަކެތީގެ ތެރޭގައި ފިޔާ، ބިސް އަދި އަލުވި ހިމެނެއެވެ. އެސްޓީއޯއިން ބުނީ ތަކެތި އިމްޕޯޓްކުރުމުގެ މައިގަނޑު ބޭނުމަކީ ރޯދަމަހު މި ތަކެތީގެ އަގު އެކަށީގެންވާ މިންވަރެއްގައި ހިފެހެއްޓުން ކަމަށެވެ. ރޯދަ މަހަކީ ކާބޯތަކެއްޗަށް ޑިމާންޑް އިތުރުވާ މޫސުމަކަށްވާތީ، އެފަދަ އަސާސީ ތަކެތި އެކަށޭނަ އަގެއްގައި ރައްޔިތުންނަށް ފޯރުކޮށްދިނުމަކީ އެސްޓީއޯގެ އަމާޒެކެވެ. އަދި މި ތަކެތީގެ އަގު ކަނޑައަޅާފައިވަނީ ބާޒާރުގެ އަގުތަކަށް ރިއާޔަތްކޮށްގެންނެވެ. އަދި ބާޒާރުގެ އަގުތަކަށް އަންނަ ބަދަލާގުޅިގެން އެސްޓީއޯއިން ވިއްކާއަގަށްވެސް ބަދަލު ގެންނާނެ ކަމަށް ބުންޏެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް