Monday, 2 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ރެޖިސްޓްރާ އޮފް ކޮމްޕެނީސްގެ މަގާމުން ވިސާމް އިސްތިއުފާ ދެއްވައިފި

ރެޖިސްޓްރާ އޮފް ކޮމްޕެނީސްގެ މަގާމުން ވިސާމް އިސްތިއުފާ ދެއްވައިފި
ރެޖިސްޓްރާ އޮފް ކޮމްޕެނީސްގެ މަގާމުން މަރިޔަމް ވިސާާމް އިސްތިއުފާ ދެއްވައިފި އެވެ. މަގާމުން އިސްތިއުފާ ދެއްވިކަން ވިސާމް ވަނީ މިރޭ "ދެން" އަށް ޔަގީންކޮށްދީފަ އެވެ. ވިސާމް ވިދާޅުވީ އިސްތިއުފާ ދެއްވީ މި ހަފްތާ ތެރޭގައި ކަމަށެވެ. އަދި އިސްތިއުފާ ދެއްވީ ޕްރައިވެޓް ސެކްޓާގައި މަސައްކަތްކުރަން ކަމަށް ވިސާމް ވިދާޅުވި އެވެ.
އަޅުގަނޑު ބޭނުންވަނީ ކެރިއަރުގައި ދެން ޕްރައިވެޓް ސެކްޓާގައި މަސައްކަތްކުރަން
ރެޖިސްޓްރާ އޮފް ކޮމްޕެނީސްގެ މަގާމަށް ވިސާމް އައްޔަންކުރީ ޖެނުއަރީ 4، 2014 ގަ އެވެ. އޮސްޓްރޭލިއާގެ ޔުނިވާސިޓީ އޮފް ކުއީންސް ލޭންޑުން ބިޒްނަސް އިކޮނޮމިކްސް އިން މާސްޓާސް ހާސިލުކުރައްވާފައިވާ ވިސާމް, މާކެޓިން މެނޭޖްމެންޓުން ޑިގްރީ ހައްދަވާފައިވަނީ ޔޫކޭގެ ނޮތަމްބްރިއާ ޔުނިވާސިޓީން އެވެ. ރެޖިސްޓްރާ އޮފް ކޮމްޕެނީސްގެ މަގާމަށް އައްޔަންކުރުމާ ހަމަޔަށް ވިސާމް ހުންނެވީ ހިއްސާގެ ބާޒާރު ބަލަހައްޓާ، ކެޕިޓަލް މާކެޓް ޑިވޮލޮޕްމެންޓް އޮތޯރިޓީ(ސީއެމްޑީއޭ)ގެ ޑައިރެކްޓަރުގެ މަގާމުގަ އެވެ. އޭގެ ކުރިން ސީއެމްޑީގެ އެކްޓިން ޑެޕިއުޓީ ސީއީއޯގެ މަގާމުވެސް އޭނާ ފުރުއްވި އެވެ. ސީއެމްޑީގައި 18 ވަރަކަށް އަހަރު ވިސާމް މަސައްކަތް ކުރައްވާފައިވެ އެވެ. ޕެންޝަން އޮފީސްގެ ބޯޑުގެ މެންބަރުކަންވެސް ވިސާމް އަދާކުރައްވާފައިވެ އެވެ. ވިލާ ކޮލެޖާ ގައުމީ ޔުނިވާސިޓީގެ ލެކްޗަރާއެއްގެ ގޮތުގައިވެސް އޭނާ މަސައްކަތް ކުރެއްވި އެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް