Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
ސަރުކާރު

މިޔަންމާ މައްސަލައިގައި ރާއްޖޭން އައިސީޖޭއަށް ލިޔުމުން ބަޔާނެއް ހުށަހަޅައިފި

މިޔަންމާ މައްސަލައިގައި ރާއްޖޭން އައިސީޖޭއަށް ލިޔުމުން ބަޔާނެއް ހުށަހަޅައިފި

އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) ގައި ކުރިއަށްދާ "އެޕްލިކޭޝަން އޮފް ދަ ކޮންވެންޝަން އޮން ދަ ޕްރިވެންޝަން އެންޑް ޕަނިޝްމަންޓް އޮފް ދަ ކްރައިމް އޮފް ޖެނޮސައިޑް (ދަ ގެމްބިއާ ވ. މިޔަންމާ)" މައްސަލައިގައި ރާއްޖޭން ލިޔުމުން އޮބްޒަވޭޝަންސް ހުށަހަޅައިފި އެވެ.

އެޓާނީ ޖެނެރަލްގެ އޮފީހުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ މައްސަލައިގައި ރާއްޖޭން ލިޔުމުން ހުށަހަޅާ އޮބްޒަވޭޝަންސް، މި މައްސަލައަށް ރާއްޖޭން ކަނޑައަޅާފައިވާ އެޖެންޓް، އެޓާނީ ޖެނެރަލް އަހްމަދު އުޝާމްގެ ފަރާތުން މިިދިޔަ ހުކުރު ދުވަހު އައިސީޖޭއަށް ހުށަހަޅާފައިވާ ކަމަށެވެ.

މި މައްސަލައަކީ މިޔަންމާގައި ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ އަނިޔާވެރި ލާއިންސާނީ އަމަލުތަކާ ގުޅިގެން ގެމްބިއާއިން، މިޔަންމާއާ ދެކޮޅަށް 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހު އައިސީޖޭއަށް ހުށަހަޅާފައިވާ މައްސަލައެކެވެ.

Advertisement
Ooredoo — Truecaller (box)

ރާއްޖޭން މި މައްސަލައަށް ތަދައްހުލުވުމަށްއެދި ހުށަހެޅި ޑެކްލެރޭޝަން އޮފް އިންޓަވެންޝަން މިދިޔަ މަހުގެ 3 ވަނަ ދުވަހު އައިސީޖޭއިން ބަލައިގަނެ، ރާއްޖެއިން ތަދައްހުލުވާ މައުލޫ އާ ގުޅޭގޮތުން ލިޔުމުން އޮބްޒަވޭޝަންސް ހުށަހެޅުމަށް ދައުވަތު ދީފައިވާ ކަމަށް އޭޖީ އޮފީހުން ބުންޏެވެ.

އޭޖީ އޮފީހުން ބުނި ގޮތުގައި މި މައްސަލައަށް ތަދައްހުލުވާ ފަރާތެއްގެ ދައުރާ އެއްގޮތްވާ ގޮތުގެ މަތިން، ރާއްޖޭގެ އޮބްޒަވޭޝަންސްގައި އަލިއަޅުވާލާފައި ވާނީ، ގަތުލު އާންމުގެ ކުށް ހުއްޓުވުމާއި އަދަބު ދިނުމާގުޅޭ މުއާހަދާގެ މާއްދާތަކުގެ މާނަކުރުމަށް ކަމުގަ އެވެ. ވަކިން ހާއްސަކޮށް، އެ މުއާހަދާގެ 1، 4، 5 އަދި 6 ވަނަ މާއްދާތަކުގެ ދަށުން "ޑިއުޓީ ޓު ޕަނިޝް ޖެނޮސައިޑް" މާނަކޮށްފައިވާ ގޮތަށް އަލިއަޅުވާލާފައިވާނެ ކަމުގަ އެވެ.

ރޮހިންޖާގެ މުސްލިމުންނަށް އަދުލު އިންސާފު ހޯދައިދިނުމަށާއި ގަތުލު އާންމުގެ ކުށް ހުއްޓުވުމާއި އަދަބު ދިނުމާގުޅޭ މުއާހަދާ ތަންފީޒު ކުރުމަށް ބައިނަލްއަގުވާމީ މައިދާނުގައި ކުރާ މަސައްކަތްތަކަށް ރާއްޖޭން އަބަދުވެސް އެއްބާރުލުން ދިނުމުގައި ސާބިތުކަމާ އެކު ދެމިއޮންނާނެކަން އޭޖީ އޮފީހުގެ ބަޔާނުގައި ވަނީ ފާހަގަކޮށްފަ އެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް