Thursday, 29 October 2026
Advertisement
MWSC — SmartMeter (leaderboard)
ސަރުކާރު

ލީކުވެފައިވާ ޔޫޓީއެފްގެ ކުރެހުންތަކަކީ މިހާރުގެ ކުރެހުންތަކެއް ނޫން: ޑިފެންސް

ލީކުވެފައިވާ ޔޫޓީއެފްގެ ކުރެހުންތަކަކީ މިހާރުގެ ކުރެހުންތަކެއް ނޫން: ޑިފެންސް

ލީކުވެފައިވާ ޔޫޓީއެފްގެ ކުރެހުންތަކަކީ މިހާރުގެ ކުރެހުންތަކެއް ނޫންކަމަށް ޑިފެންސް މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން މިއަދު ބުނީ އުތުރުތިލަފަޅުގައި ތަރައްޤީކުރާ ކޯސްޓްގާޑް ބަނދަރާއި ޑޮކްޔާޑްގެ ކުރެހުން ކަމަށް ބުނެ ބައެއް މީޑިއާތަކުގައި ދައުރުކުރާ ކުރެހުންތަކަކީ، މިހާރު ސޮއިކޮށްފައިވާ އެއްބަސްވުމުގައިވާ ކުރެހުންތަކެއް ނޫން ކަމަށެވެ.

އެ މަޝްރޫއުގެ އެއްބަސްވުމާއި، ކުރެހުންތައް ސަރުކާރުން ސިއްރުކުރާތީ އިދިކޮޅު ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އިދިކޮޅު ލީޑަރު، ރައީސް ޔާމީން އަބްދުލްގައްޔޫމް ވިދާޅުވި ގޮތުގައި، އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ އުތުރުތިލަފަޅަށް ދިވެހި ސަރުކާރުގެ ބާރު ނުހިނގުމެވެ.

Advertisement
Ooredoo — Square (box)

https://twitter.com/MoDmv/status/1507989907658080257?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1507989907658080257%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fdhiyares.com%2F35979

ޔޫޓީއެފްގެ އެއްބަސްވުން ކަމަށް ބުނެ ބައެއް މީޑިއާތަކާއި ސޯޝަލް މީޑިއާގައި މީގެކުރިން ލިޔުންތަކެއް ދައުރުވިއެވެ، އެގޮތުން އެ އެއްބަސްވުމުގައި އުތުރުތިލަފަޅުގައި ހަތިޔާރު އެޅި އިންޑިއާ ސިފައިން 60 އަހަރަށް ތިބޭނެ ކަމަށާއި އަދި ހުރިހާ ކަމެއްގެ ފަހު ބަސް ބުނާނީ އިންޑިއާއިން ކަމަށް ބުނެފައިވެއެވެ.

ނަމަވެސް ޑިފެންސް މިނިސްޓްރީން ވަނީ އެކަން ދޮގުކޮށްފައެވެ. ޑިފެންސުން ބުނީ، އެއްބަސްވުމުގައި އުތުރުތިލަފަޅުގައި ހަތިޔާރު އެޅި އެއްވެސް އަސްކަރިއްޔާގެ ބަޔަކަށް ތިބެވޭނެ ވާހަކައެއް ނޯންނާނެ ކަމަށެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް