Friday, 30 October 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ލިސްޓަށް ބަދަލު ގެނައީ ގާނޫނާ ހިލާފަށް: އެމްޑީޕީ 

ލިސްޓަށް ބަދަލު ގެނައީ ގާނޫނާ ހިލާފަށް: އެމްޑީޕީ 
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ގެދޮރުވެރިޔާ ސްކީމުގެ ދަށުން ބޯހިޔާވަހިކަމަށް ޝަރުތު ހަމަވާ މީހުންގެ ލިސްޓަށް ބަދަލުގެނައުމުގެ ބާރެއް މި ސަރުކާރަށް ނޯއްނާނެ ކަމަށް ބުނެ އިދިކޮޅު އެމްޑީޕީން މިއަދު ކަންބޮޑުވުން ފާޅުކޮށްފި އެވެ. ދައުރުގެ ފަހުކޮޅު، މިދިޔަ ސަރުކާރުން ފްލެޓު ލިބުނު މީހުންގެ ދާއިމީ ލިސްޓު އާންމުކުރުމުން ބައެއް މީހުން ވަނީ އެ ފްލެޓު ހަވާލުކުރުމުގެ ކަންކަމުގައި ގޯސްތަކެއް ހަދާފައިވާ ކަމަށް ބުނެ، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ޝަކުވާ ހުށަހަޅާފަ އެވެ. އަދި އެ ޝަކުވާތަކާ ގުޅިގެން އޭސީސީގެ ތަހުގީގު ނިމެންދެން އެއްބަސްވުމުގައި ސޮއިކުރުމާއި ފްލެޓު ހަވާލު ކުރުމުގެ ކަންކަން މަޑުޖައްސާލަން އޭރު އޮތް ސަރުކާރަށް ކޮމިޝަނުން އެންގި އެވެ. އެ މައްސަލަ ތަހުގީގު ކުރުމަށް ފަހު ހައުސިން މިނިސްޓްރީގެ ވެރިފިކޭޝަނަށް ފަހު އެތައް ތާރީހެއް ދިނުމަށް ފަހު މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު ފްލެޓު ލިސްޓު ވަނީ އިއުލާންކޮށްފަ އެވެ. ކުރީގެ ލިސްޓުގައި 8،660 މީހަކު ފްލެޓަށް ޝަރުތު ހަމަވާ ކަމަށް އޮތްއިރު މި ސަރުކާރުން އިއުލާންކުރި ލިސްޓުގައިވާ ގޮތުން ޝަރުތު ހަމަވީ 1820 މީހުންނެވެ. ފްލެޓުގެ ޝަކުވާތަކާ ގުޅޭ ގޮތުން އެމްޑީޕީން މިއަދު ބޭއްވި ޕްރެސް ބްރީފިންއެއްގައި އެ ޕާޓީގެ ގާނޫނީ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ އަހުމަދު މައުރޫފް ވިދާޅުވީ ކުރީ ސަރުކާރުން ހުރިހާ ކަމެއް ނިންމާފައި އޮތް ލިސްޓަކަށް އަމިއްލަ މިންގަނޑުތަކެއް ހަދައިގެން ބަދަލެއް ގެނައުމުގެ ފުރުސަތު ގާނޫނީ ގޮތުން މި ސަރުކާރަކަށް ލިބިގެންނުވާ ކަމަށެވެ. https://twitter.com/MDPSecretariat/status/1898284770481823959
މިދިޔަ ސަރުކާރުން ފްލެޓް ލިބޭނެ ކަމަށް އަންގައި އެގްރީމެންޓް ހަދާފައި އޮއްވައި މުޅިން އާ މިންގަނޑަކުން އިވެލުއޭޓް ކޮށްފައި ލިސްޓަށް ބަދަލު ގެނައުމުގެ ބާރެއް ސަރުކާރަކަށް ނޯއްނާނެ
އެގްރީމެންޓުވެސް ހެދިފައިވާއިރު ޝަކުވާތަކަށް ބެލުމަށް ފަހު މީހަކު ޑިސްކޮލިފައި ކުރުން ފިޔަވާ އެހެން ބަދަލެއް ގެނައުމީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ. މައުރޫފް ވިދާޅުވީ މިދިޔަ ސަރުކާރުން ބެލީ މީހުން ޑިސްކޮލިފައި ކުރުމުގެ ބަދަލުގައި ވީހާވެސް ގިނަ ބަޔަކަށް ބޯހިޔާވަހިކަން ފޯރުކޮށް ދިނުން ކަމަށާއި، އެއާ ހިލާފަށް މި ސަރުކާރުން ލިސްޓު އެކުލަވާލާފައިވަނީ ބަޔަކު ގަސްތުގައި ޑިސްކޮލިފައި ކުރުމަށެވެ. ސަބަބެއް ކަމަށް ވިދާޅުވީ ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި އުޅުނު ޕީއެންސީއަށް މީހުންނަށް ފްލެޓް ދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވާތީ އެވެ. "މި 4000 ފްލެޓުގެ ތެރެއިން ޕާޓީ މީހުންނަށް ފްލެޓު ހަމަަޖައްސަންވެގެން މިއޮތީ ބަޔަކު ޑިސްކޮލިފައި ކޮށްފައި" ފްލެޓު ލިސްޓަށް ޝަކުވާ ހުށަހަޅަން ހުޅުވާލާފައިވަނީ ނަމެއްގައި ކަަމަށް އޭނާ ވިދާޅުވި އެވެ. ހައުސިން މިނިސްޓްރީން ބުނެފައިވާ ގޮތުން މިހާތަނަށް 700 އަށްވުރެ ގިނަ ޝަކުވާ އެ މިނިސްޓްރީއަށް ވަނީ ހުށަހަޅާފަ އެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް