Monday, 2 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ސީއެސްސީގެ ނައިބް ރައީސް އިސްތިއުފާ ދެއްވައިފި

ސީއެސްސީގެ ނައިބް ރައީސް އިސްތިއުފާ ދެއްވައިފި

ސިވިލް ސާވީސް ކޮމިޝަން (ސީއެސްސީ) ގެ ނައިބް ރައީސްގެ މަގާމުން އިބްރާހިމް ރަޝީދު މިއަދު އިސްތިއުފާ ދެއްވައިފި އެވެ.

ރަޝީދު ސީއެސްސީގެ ނައިބް ރައީސްގެ މަގާމުން އިސްތިއުފާ ދެއްވިކަން އެ ކޮމިޝަނުން "އެކސް" ގައި ކުރި ޕޯސްޓަކުން ވަނީ ޔަގީންކޮށްދީފަ އެވެ.

އޭނާ ކުރެއްވި ހިދުމަތަށް ސީއެސްސީން ވަނީ ޝުކުރު އަދާކޮށްފަ އެވެ.

Advertisement
Ooredoo — Truecaller (box)

ސީއެސްސީގެ ނައިބް ރައީސްގެ މަގާމުން ރަޝީދު އިސްތިއުފާ ދެއްވާފައި މިވަނީ އޭނާ ވަކިކުރުމުގެ މަސައްކަތުގެ މަރުހަލާ ފެށުމަށް މަޖިލީހުގެ ތަޅުމަށް ފޮނުވަން މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން އިއްޔެ ފާސްކޮށްފައި ވަނިކޮށެވެ.

އެކަމަކު އޭނާ ވަކިކުރުމުގެ މަަރުހަލާ ފަށަން ކޮމިޓީން ނިންމީ ސީދާ ކޮން މައްސަލައަކާ ގުޅިގެން ކަމެއް އަދި މިހާތަނަށް އެނގިފައެއް ނުވެ އެވެ.

ސީއެސްސީގެ ނައިބް ރައީސް ކަމަށް ރަޝީދު އައްޔަންކުރީ ސެޕްޓެމްބަރު 3، 2020 ގަ އެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް