ޚަބަރު ސިޔާސީ

ނަރީޝް މާލެ ސިޓީީ ކައުންސިލުން އިސްތިއުފާ ދީފި

އަލީ ސަމާޙް ، ދެން އޮންލައިން
މާލޭގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް/ ފޮޓޯ: ދެން

މާލެ ސިޓީގެ ކައުންސިލުގެ މާފަންނު މެދު ދާއިރާގެ މެންބަރުކަމުންނާއި މާލޭގެ ޑެޕިއުޓީ މޭޔަރުގެ މަގާމުން އަހުމަދު ނަރީޝް މިއަދު އިސްތިއުފާދީފި އެވެ.

Ads by STELCO

މާލެ ކައުންސިލުން އިސްތިއުފާ ދެއްވި ސަބަބެއް ސަރުކާރު ހިންގާ ޕީއެންސީއަށް ނިސްބަތްވެވަޑައިގަންނަވާ  ނަރީޝް ވިދާޅެއް ނުވެ އެވެ. އަޑުތައް ފެތުރޭ ގޮތުން ނަރީޝް އިސްތިއުފާ ދެއްވީ ސަރުކާރުގެ މަގާމަކާ ހަވާލުވާންށެވެ. އަދި މިހާތަނަށް އެކަން ޔަގީންކުރެވިފައެއް ނުވެ އެވެ.

އިސްތިއުފާ ދެއްވަމުން މާލޭގެ މޭޔަރު އާދަމް އާޒިމަށް ފޮނުވި ސިޓީގައި ނަރީޝް ވިދާޅުވީ ސިޓީ ކައުންސިލުގައި އޭނާ ހޭދަކުރެއްވި މުއްދަތުގައި ކައުންސިލުގެ ފަރާތުން ދަސްވި ފިލާވަޅުތަކަކީ ކުރިއަށް އޮތް ތަނުގައި ކޮންމެ ދާއިރާއެއްގައި މަސައްކަތްކުރި ނަމަވެސް އެ މަސައްކަތް ކާމިޔާބު ކުރުމަށް ލިބިގެންދާނެ އިތުރު ހަކަތައަކަށްވާނެ ކަމަށެވެ.

"ކައުންސިލުގައި ހޭދަކުރި މުއްދަތަކީ ވަޒީފާ އާއި މަސައްކަތުގެ ދާއިރާގައި، އަޅުގަނޑު ހޭދަކުރި އެންމެ އުފާވެރި ދުވަސްވަރެވެ" އޭނާ ވިދާޅުވި އެވެ.

ނަރީޝްގެ ސިޓީގައި މާލޭގެ ކުރީގެ މޭޔަރު ރައީސް ޑރ. މުހައްމަދު މުއިއްޒަށާއި މޭޔަރު އާޒިމަށް ޝުކުރު އަދާކޮށްފައިވެ އެވެ. މޭޔަރު ކަމުގައި ރައީސް މުއިއްޒު ހުންނެވިއިރު އެމަނިކުފާނުގެ ފަރާތުން ލިބުނު ފިލާވަޅުތަކަށް ނަރީޝް ވަނީ ޝުކުރު އަދާކޮށްފަ އެވެ.

މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރަކަށް ނަރީޝް އިންތިހާބު ކޮށްފައިވަނީ ޖުލައި 21، 2021 ގަ އެވެ.

Ads by Ooredoo