ޚަބަރު

ކޮވިޑް-19: ކުޑަހުވަދޫއިން މީހަކު ފައްސި ވެއްޖެ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ދ. ކުޑަހުވަދޫ އިން މީހަކު ކޮވިޑް-19 އަށް ފައްސި ވެއްޖެއެވެ.

Ads by MWSC

އެނގިފައިވާ ގޮތުގައި އެރަށުން ކޮވިޑަށް ފައްސިވީ އެރަށުގައި ހޯމް ކަރަންޓީނުގައި ހުރި މީހެކެވެ.

އެހެންކަމުން ބަލިން ރައްކާތެރިވުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށާއި، ޚާއްޞަކޮށް މާސްކް އެޅުމަށް އެރަށު ރައްޔިތުންންނަށް ކުޑަހުވަދޫ ސޯޝަލް ސަޕޯޓް ޑެސްކުުގެ ފަރާތުން ވަނީ އިލްތިމާސް ކޮށްފައެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފައިވާ ގޮތުގައި މާލެ ފިޔަވާ ރާއްޖޭގައި މިހާތަނަށް 22 ރަށެއްގައި ކޮވިޑް-19 އަށް ފައްސި ވެފައިތިބި ޖުމްލަ 48 މީހަކު އެބަތިއްބެއެވެ.

އަތޮޅު ތެރޭގެ ރަށްތަކުގެ ތެރެއިން ކޮވިޑަށް ފައްސި ވެފައިވަނީ 34 ދިވެހީންނާއި 14 ބިދޭސީންނެވެ. ނަމަވެސް މޮނީޓަރިންގެ ހާލަތުގައި އޮތީ ގދ. ހޯޑެއްދޫ އެކަންޏެވެ.

ރާއްޖެއިން މިހާތަނަށް ވަނީ 9770 މީހަކު ކޯވިޑަށް ޕޮޒިޓިވް ވެފައެވެ. އޭގެތެރެއިން މިވަގުތު ފަރުވާދެމުން އަންނަނީ 1340 މީހަކަށެވެ. އަދި ފަސޭހަ ވެފައިވަނީ 8،390 މީހުންނެވެ. އަދި މިބަލީގައި ރާއްޖެއިން ނިޔާވެފައިވަނީ 34 މީހުންނެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!