ޚަބަރު

ތައިލެންޑުން ރާއްޖެ އެތެރެކުރި 8 ލައްކަ ރުފިޔާގެ ޑްރަގު އަތުލައިގެންފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ކަސްޓަމްސްއިން އަންނަ މަހުން ފެށިގެން ފިޔަވަޅުތަކެއް އަޅަނީ

ތައިލެންޑުން ރާއްޖެއަށް އެތެރެކުރަން އުޅުނު 1 ކިލޯގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފި އެވެ.

Ads by STELCO

މީޑިއާތަކަށް މިއަދު ފޮނުވި ޕްރެސް ބްރީފިންއެއްގައި ކަސްޓަމުން ބުނީ އެތަކެތި އަތުލައިގަނެފައިވަނީ، ރޭ ދަންވަރު ވައިގެމަގުން ތައިލެންޑުން ރާއްޖެ އައި ޖެނެރަލް ގުޑްސް ޝިޕްމެންޓެއްގައި މަސްތުވާތަކެތި ހުރި ކަމަށް ޝައްކުކުރެވިގެން އިތުރަށް ބަލައި ފާސްކުރުމުގެ ތެރޭގައި ކަމަށެވެ.

އެ ގޮތުން އަތުލައިގަނެވުނު މަސްތުވާތަކެތި (20) ޕެކެޓެއްގައި ފޮރުވާފައިހުރިއިރު، ފުރަތަމަ މަރުޙަލާގެ ތަހުލީލުތަކުން އެ ތަކެތި މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނެބިސް އަށް ޕޮޒިޓިވް ވެފައިވާ ކަމަށް ކަސްޓަމުން ބުންޏެވެ.

އެތަކެތީގެ ބަރުދަނުގައި ޕެކިންއާއި އެކު ޖުމްލަ 1097 ގްރާމް ހުރިއިރު، މަގުމަތީ އަގަކީ ގާތްގަނޑަކަށް 877,600.00ރ ކަމަށް ލަފާކުރެވޭ ކަމަށް ކަސްޓަމުން ބުންޏެވެ.

ކަސްޓަމުން ބުނީ މައްސަލަ އިތުރަށް ތަހުގީގުކުރުމަށްޓަކައި އަތުލައިގަނެވުނު މަސްތުވާތަކެތި ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށެވެ.

Ads by Ooredoo