ޚަބަރު

ސީލައިފް އެއްބަސްވުން އެޗްޑީސީން ބާތިލްކުރީ ރަނގަޅަށް ކަމަށް ކޯޓުން ނިންމައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)

ހައުސިން ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑް ކުންފުނިއާ ދެމެދު ސޮއިކޮށްފައިވާ އެއްބަސްވުން އެޗްޑީސީން ބާތިލުކޮށްފައިވަނީ ރަނގަޅަށް ކަމުގައި ކަނޑައަޅައި، އެޗްޑީސީން ސީލައިފަށް އެއްވެސް ބަދަލެއް ދޭން ނުޖެހޭނެ ކަަމަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.

Ads by STELCO

މާޗް 13، 2024 ވަނަ ދުވަހު އެޗްޑީސީއާ ސީލައިފް އާއި ދެމެދު ހުޅުމާލޭގައި 3،000 އެޕާޓްމަންޓް ޔުނިޓް އިމާރާތްކުރުމުގެ މަޝްރޫއުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައިވެ އެވެ.

ނަމަވެސް ސީލައިފުން އެއްބަސްވުމާއި ހިލާފަށް، އެ މަސައްކަތް ކުރިއަށް ނުގެންގޮސް، ކްރެޑިޓް ސުއީސްގެ ނަމުގައި ފޯޖްކޮށްފައިވާ ޕާފޯމަންސް ގެރެންޓީއެއް ހުށަހަޅައި، އަދި އެތަކެއް ބައެއްގެ އަތުން ފައިސާ ނަގާފައިވާ މައްސަލާގައި، އެޗްޑީސީން ސީލައިފްއާ އެކު ވެފައިވާ އެއްބަސްވުން ޑިސެމްބަރު 24، 2018 ގައި ބާތިލުކޮށްފައިވެ އެވެ.

އެއްބަސްވުން ބާތިލުކުރުމާއި ގުޅިގެން، އެއްބަސްވުން ބާތިލުކޮށްފައިވަނީ އެއްބަސްވުމާއި ގާނޫނާ ހިލާފަށް ކަމުގައި ކަނޑައަޅައި ދިނުމަށް އެދި، ސީލައިފްގެ ފަރާތުން އެޗްޑީސީއާ ދެކޮޅަށް ސިވިލް ކޯޓު ހުޅުމާލޭ ޑިވިޝަަނަށް މައްސަލައެއް ހުށަހަޅާފައިވެ އެވެ.

އެއީ އެ މައްސަލައިގެ ތެރެއިން ސީލައިފްގެ ފަރާތުން އެދިފައިވަނީ އެއްބަސްވުން ބާތިލުކުރި ކުރުމާއި ގުޅިގެން އެފަރާތަށް ގެއްލުމުގެ ބަދަލު ދިނުމަށް، އެޗްޑީސީގެ މައްޗަށް އަމުރު ކުރުމަށެވެ.

އެކަމަކު މިއަދު ސިވިލް ކޯޓު ހުޅުމާލެ ޑިވިޝަނުންވަނީ، ސީލައިފާއި އެޗްޑީސީއާ ދެމެދު ސޮއިކޮށްފައިވާ އެއްބަސްވުން ބާތިލުކޮށްފައިވަނީ ރަނގަޅަށް ކަމުގައި ކަނޑައަޅާފަ އެވެ.

ސީލައިފް ޕްރޮޖެކްޓުގެ އިތުރުން، ހުޅުމާލޭގައި ކުރިއަށް ގެންދާ މިފަދަ އެކިއެކި މަޝްރޫއުތަކުގެ އެއްބަސްވުމާއި ހިލާފަށް އަމަލުކުރާ ފަރާތްތަކާއި މެދުގައި އަޅަންޖެހޭ ގާނޫނީ ފިޔަވަޅު އަޅާނެކަމުގައި އެޗްޑީސީން ބުންޏެވެ.

Ads by Allied Insurance