Wednesday, 28 October 2026
Advertisement
STO — McCoy (leaderboard)
ރެސިޕީ

ދެން ރެސިޕީ | އޯރިއޯ ފަޖް

ދެން ރެސިޕީ | އޯރިއޯ ފަޖް

ބޭނުންވާ ތަކެތި:

270 ގްރާމް ވައިޓް ޗޮކްލެޓް

1 ދަޅު ގެރިކިރު

1 ސައިސަމުސާ ވެނީލާ އެސެންސް

Advertisement
HDC — Sidebar (box)

20 އޯރިއޯ ބިސްކޯދު

ތައްޔާރުކުރާނެ ގޮތް:

އެންމެ ފުރަތަމަ ތަވާ ހޫނު ކުރުމަށް ފަހު ގެރިކިރާއި ވައިޓް ޗޮކްލެޓް އަޅައި މަޑު ގިނީގައި ކައްކާލާށެވެ. ޗޮކުލެޓުތައް ވިރި ކިރާއި ރަނގަޅަށް އެއްވަންދެން ކައްކާށެވެ. ރަނގަޅަށް އެއްކޮށްނިމުމުން ވެނީލާ އެސެންސް ކޮޅު އަޅައިލާށެވެ.

ތަބަކެއްގެ ތެރެއަށް އޯރިއޯ ބިސްކޯދު ކޮޅެއް ކުދި ކުރިމަށް ފަހު އެންމެ ތިރީ ލޭޔަރއަށް ވާގޮތަށް އަތުރާލާށެވެ. އޭގެ މައްޗަށް ކުރިން ތައްޔާރު ކުރި ސާމާނު އޮއްސާލާށެވެ. އަނެއްކާ ވެސް އޯރިއޯ ލޭޔަރއެއް އޭގެ މަތީގައި ފަތުރާލާށެވެ. އޭގެ މައްޗަށް ބާކީ ހުރި މިކްސްކޮޅު އަޅައިލާށެވެ.

ފިނިކޮށްލަން 2 ގަޑިއިރު ވަންދެން ފްރިޖުގައި ބަހައްޓާލާށެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް