ޚަބަރު

ގޮވާމުން ޒަކާތް ބަލައިގަތުން އިސްކަންދަރު ސްކޫލަށް ބަދަލުކޮށްފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ޒަކާތް ދިނުމަށް ގޮވާމުގެ ބާވަތްތައް ގެންގޮސްފައި--

ގޮވާމުގެ ބާވަތްތަކުން ޒަކާތް ބަލައިގަތުން އިސްކަންދަރު ސްކޫލަށް ބަދަލުކޮށްފި އެވެ.

Ads by MPL

އަންނަ ހޮނިހިރު ދުވަހުން މި މަހުގެ 27 އަށް ގޮވާމުގެ ބާވަތްތައް ބަލައިގަންނަން ކުރިން ނިންމާފައި އޮތީ މަޖީދިއްޔާ ސްކޫލުގެ ސަލާހުއްދީން ހޯލު (ކުރީގެ ދަރުމަވަންތަ ސްކޫލް ހޯލު)ންނެވެ.

ނަމަވެސް އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ ގޮވާމުން ޒަކާތް ބަލައިގަތުމުގެ ކަންކަން މިހާރު އިސްކަންދަރު ސްކޫލަށް ބަދަލުކޮށްފައިވާ ކަމަށެވެ. އެއީ މެންދުރު އެކަކުން ހަތަރަކަށެވެ.

ފިތުރު ޒަކާތުގެ ގޮތުގައި ދައްކާނީ އެބަޔަކު އާންމު ގޮތެއްގައި ކެއުމަށް ބޭނުންކުރާ ގޮވާމުގެ ބާވަތަކުން ބޮލަކަށް، 2.4 ކިލޯގެ މިންވަރެވެ.

ފިތުރު ޒަކާތުގެ ގޮތުގައި ބަލައިގަތުމަށް ހަމަޖެހިފައިވާ ބާވަތްތައް

  • އާދައިގެ ހަނޑޫ
  • ތައިލެންޑް ހަނޑޫ
  • ބާސްމަތީ ހަނޑޫ
  • ރަތް ހަނޑޫ
  • ގޮދަން ފުށް
  • އާޓާ ފުށް

އަތޮޅު ތެރޭގައި ގޮވާމުން ފިތުރު ޒަކާތް ބަލައިގަތުން އެ ރަށެއްގެ ކައުންސިލް އިދާރާއިން ހަމަޖައްސާ ގޮތެއްގެ މަތިން ބަލައިގަނެ ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައިވާ ފަރާތްތަކަށް ބެހުމަށް ހުއްދަދީފައިވާ ކަމަށް ވެސް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.

Ads by Ooredoo