Wednesday, 28 October 2026
Advertisement
STO — McCoy (leaderboard)
ރައްޔިތުންގެ މަޖިލިސް

އައު ދަނޑުގެ މަޝްރޫއާ ގުޅިގެން މަހްލޫފް މަޖިލީހަށް ހާޒިރުކުރަނީ

އައު ދަނޑުގެ މަޝްރޫއާ ގުޅިގެން މަހްލޫފް މަޖިލީހަށް ހާޒިރުކުރަނީ

ގަލޮޅު ދަނޑު ތަޅައިލައި އެތަނުގައި ޒަމާނީ ފެންވަރަކަށް އައު ދަނޑެއް އަޅަން ސަރުކާރުން ކުރިއަށް ގެންދަން ނިންމައިފައިވާ މަޝްރޫއާ ގުޅިގެން، ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް މަޖިލީހުގެ ޖަލްސާއަށް ހާޒިރުކުރަން ހުށަހަޅައިފިއެވެ.

މަހްލޫފް މަޖިލީހަށް ހާޒިރުކޮށް ސުވާލުކުރުމަށް ހުށަހަޅުއްވައިފައި ވަނީ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމެވެ.

މީކާއީލް ވިދާޅުވީ ތޮއްޖެހިފައިވާ މާލޭގެ މެދުގައި އޮތް ގަލޮޅު ދަނޑު އައު ދަނޑެއްގެ ގޮތުގައި ތަރައްގީކުރެވެން ވާނީ މާލޭ ރައްވެހިން، އަދި ވަކިން ހާއްސަކޮށް، އެ ސަރަހައްދުގައި ދިރިއުޅޭ ގަލޮޅުގެ ރައްޔިތުންގެ ބަހާ އެކު ކަމަށެވެ.

Advertisement
HDC — Sidebar (box)

މީކާއީލްގެ ހުށަހެޅުމުގައި ވިދާޅުވެފައި ވަނީ އިންޑިއާގެ ލައިން އޮފް ކްރެޑިޓްގެ ދަށުން އައު ދަނޑެއް ތަރައްގީކުރުމަށް ނިންމައި އެކަން އިއުލާންކޮށްފައިވާ އިރު، ރައްޔިތުން އަދި ވަކިން ހާއްސަކޮށް އެ ސަރަހައްދުގައި ދިރިއުޅޭ ގަލޮޅުގެ ރައްޔިތުންނާ މަޝްވަރާކޮށްފައި ނުވާތީ، އެކަމުގެ ޝަކުވާ ލިބެމުންދާ ކަމަށެވެ.

އެހެންކަމުން އެ މަޝްރޫއު ކުރިއަށް ގެންދާއިރު އާންމުންނާ މަޝްވަރާކުރަނީ ކޮން އިރަކުންތޯއާއި، މާލޭގެ މެދުގައި އައު ދަނޑު ތަރައްގީކުރުމުގެ ބަދަލުގައި އެ ދަނޑު ހުޅުމާލެއަށް ބަދަލުކޮށް މާލޭގެ ޖާގައިގެ ދަތިކަމަށް ލުޔެއް ގެންނަން ނުވިސްނަވަންތޯ މަހްލޫފާ ސުވާލުކުރުމަށް މީކާއީލް ވަނީ ހުށަހަޅުއްވައިފައެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް