Monday, 2 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ޝައްމާނު މަގާމުން ވަކިކުރީ ބިދޭސީން އަތުން ފައިސާ ނަގާކަމުގެ ތުހުމަތުގައި

ޝައްމާނު މަގާމުން ވަކިކުރީ ބިދޭސީން އަތުން ފައިސާ ނަގާކަމުގެ ތުހުމަތުގައި
ކޮންޓްރޯލާ އޮފް އިމިގްރޭޝަންގެ މަގާމުން މުހައްމަދު ޝައްމާނު ވަހީދު ވަކިކުރީ ބިދޭސީ މަސައްކަތްތެރިންގެ އަތުން ފައިސާ ނަގާކަމުގެ ތުހުމަތުގައިކަން "ދެން" އަށް އެނގިއްޖެ އެވެ. ކޮންޓްރޯލާގެ މަގާމުން ޝައްމާނު އިއްޔެ ވަކިކޮށްފައިވާއިރު، ވަކިކުރި ސަބަބެއް ސަރުކާރުން އަދި މިހާތަނަށް ނުބުނެ އެވެ. ޝައްމާނު ވަކިކުރި މަައްސަލައާ ގުޅިގެން ކޮމެންޓެއް ހޯދާލަން "ދެން" އިން ގުޅާލުމުން ހޯމްލޭންޑް އެންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ ޝައްމާނު މަގާމުން ވަކިކޮށްފައިވަނީ ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ކަމަށެވެ. މިނިސްޓަރު ވިދާޅުވީ ފުލުހުން ތަހުގީގުކުރަމުންދާ މައްސަލައަކަށްވާތީވެ މައުލޫމާތު ފަހުން ހިއްސާކުރައްވާނެ ކަމަށެވެ. އިހުސާން ވިދާޅުވީ ޝައްމާން ކޮންޓްރޯލާއަކަށް ހުންނެވިއިރު ސަރުކާރުން ހަވާލުކުރި ހުރިހާ މަސައްކަތެއް ވަރަށް ރަނގަޅަށް އަދާކޮށްފައިވާ ކަމަށެވެ. ޝައްމާނުއާ އެކު މަސައްކަތްކުރަން ފަސޭހަކަން ފާހަގަކޮށް މިނިސްޓަރު ވިދާޅުވީ އެކަށީގެންވާ ރަނގަޅު ހިދުމަތްތަކެއް ޝައްމާނު ކޮށްދީފައިވާ ކަމަށެވެ.
ސަރުކާރުން ހަވާލުކުރި މަސައްކަތް ވަރަށް ރަނގަޅަށްކުރި. އަޅުގަނޑާވެސް އެއްވެސް މައްސަލައެއް ނުޖެހޭ މަސައްކަތް ކުރުމުގައި.
އެކަމަކު ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން އެކަށީގެންވާ ހެކި ފުލުހުންނަށް ލިބުމުން ގާނޫނީ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އިހުސާން ވިދާޅުވީ ޔުނިފޯމް އެޅި މުއައްސަސާގައި މަސައްކަތްކުރާ މުވައްޒަފުން ރައީސް މިނެކިރުއްވަނީ އެހެން މުއައްސަސާތަކަށްވުރެ މަތިން ކަމަށެވެ. "މި ފަދަ ތުހުމަތެއް ކުރެއްވިއްޖެނަމަ ކޮންމެ މީހެއް ކަމަށްވިޔަސް އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ" އިހުސާން ވިދާޅުވި އެވެ. އިމިގްރޭޝަން ކޮންޓްރޯލާގެ މަގާމަށް ޝައްމާނު އައްޔަންކުރީ ނޮވެމްބަރު 19، 2023 ގަ އެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް