ޚަބަރު

އިތުރު އިންޖީނަކަށް މައްސަލަ ދިމާވެ އައްޑޫގައި ކަރަންޓު ކަނޑާ ވަގުތު އިތުރުކޮށްފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
އައްޑޫގެ ކަރަންޓުގެ މައްސަލައަށް ހައްލު ހޯދަން މިދިޔަ މަހު އެ ސިޓީއަށް  ފޮނުވި 1.8 މެގަވޯޓުގެ ޖެނެރޭޓަރެއް އިންސްޓޯލްކޮށްފައި / ފޮޓޯ:ފެނަކަ

އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދެމުންދާ ޕަވާ ސްޓޭޝަންގެ އިތުރު އިންޖީނަކަށް މައްސަލަ ދިމާވެ ކަރަންޓު ކަނޑާ ވަގުތު މިއަދު އިތުރުކޮށްފި އެވެ.

Ads by STELCO

އައްޑޫގެ ޕަވަ ސްޓޭޝަނުގައި ބޭނުންކުރަމުންދާ ޖަނަރޭޓަރު ސެޓްތަކުގެ ތެރެއިން ތިން ޖެނެރޭޓަރު ސެޓަށް މައްސަލަތައް ދިމާވެ އިތުރު އެއް ޖެނެރޭޓަރު ސެޓް ވަނީ މަރާމާތު ނުކުރެވޭ ވަރަށް ހަލާކުވެފައި ކަމަށް ފެނަކައިން މިދިޔަ މަހު ބުނެފައިވެ އެވެ. އަދި އެ މައްސަލަ ހައްލުކުރަން މި މަހުގެ 12 ދުވަހު އެއް މެގަވޯޓުެ ޖެނެރޭޓަރެއް ގެންގޮސް އިންސްޓޯލްވެސް ކުރި އެވެ.

ނަމަވެސް ފެނަކައިން މިއަދު ބުނީ ކަރަންޓުގެ މައްސަލަަ ހައްލުކުރަން ތާވަލު ކުރެވުނު ގޮތަށް މަސައްކަތް ކުރަމުން ދަނިކޮށް 1،000ކ.ވ ގެ އިތުރު އިންޖީނަކަށް މައްސަލަ ދިމާވެ ހުއްޓިފައިވާ ކަމަށެވެ.

އެހެންވެ ކަރަންޓު ކަނޑަން ޖެހޭ ވަގުތު އިތުރު ކުރަން ޖެހިފައިވާ ކަމަށް ފެނަކައން ބުންޏެވެ.

ރަށްރަށުން ކަރަންޓު ކެނޑޭ މައްސަލައަށް ހައްލުކުރަން ސަރުކާރުން އަމާޒު ހިފާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ޖެނުއަރީ މަހުގެ ކުރީކޮޅު ވަނީ ވިދާޅުވެފަ އެވެ. ރޯދަ މަހާ ދިމާކޮށް ކަރަންޓުގެ މައްސަލައަށް ހައްލެއް ގެނެސްދިނުމަށް ވަރަށް ބޮޑު އިސްކަމެއްދެއްވާކަން ފާހަގަކުރައްވާ ވިދާޅުވެފައި ވަނީ އިތުރު ޖެނެރޭޓަރުތައް ގެނެސް ރޯދަ މަހުގެ ކުރިން މައްސަލައަށް ހައްލު ހޯދުމަށް އަމާޒު ހިފާފައިވާ ކަމަށެވެ.

އެހެންނަމަވެސް އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކަށް ބޭނުންވާ ވަރަށް ކަރަންޓު އުފެއްދުމުގައި ދަތިތަކެއް ދިމާވެ، އެކި ވަގުތުތަކުގައި އެކި ސަރަހައްދުތަކުން މި ރޯދަ މަހު ވެސް ދަނީ ކަރަންޓު ކަނޑަމުންނެވެ. މައްސަލައަށް ހައްލު ހޯދައިދެވިފައި ނުވާތީ އެ ސިޓީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލިހުގެ މެމްބަރުން ފެނައިގެ އިސްވެރިންނާ ބައްދަލުކުރުމުގެ އިތުރުން މަޖިލިހަށް ކުއްލި މައްސަލަ ހުށަހަޅާފައިވެ އެވެ. ކަމާ ގުޅިގެން އައްޑޫ ސިޓީގައި މުޒާހަރާ ވެސް ވަނީ ކޮށްފަ އެވެ.

Ads by Allied Insurance
  1. ކޮޔާ

    ކަލޯ ޓެސްޓް ކޮއްބަލަ އިދިކޮޅު މީހުން ތިކުރާކަމެއް ބަލަންވެއްޖެ މައްސަލަތަށް ޖެހޭ ހޯދަބަލަ ސަބަބ