ޚަބަރު ދީން

ގޮވާމުން ޒަކާތް ބަހާ ގަޑިތަކަށް ބަދަލެއް، މިއަދު މެންދުރުފަހު ބަހާ ނިންމަނީ 

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
ފިތުރު ޒަކާތުގެ ގޮތުގައި މީގެކުރިން ލިބިފައިވާ ގޮވާމުގެ ބައެއް ބާވަތްތައް / ފޮޓޯ:ޒަކާތު ހައުސް

މި އަހަރު ފިތުރު ޒަކާތުގެ ގޮތުގައި ލިބިފައިވާ ގޮވާމުގެ ބާވަތްތައް މާލެ ސިޓީގައި ބަހަން ނިންމި ގަޑިތަކަށް ބަދަލު ގެނެސް، އެ މަސައްކަތް މިއަދު މެންދުރުފަހު ނިންމާނެކަން ދިވެހިރާއްޖޭގެ ޒަކާތު ހައުސްއިން ހާމަކޮށްފި އެވެ.

Ads by MPL

މާލެ ސިޓީން ބަލައިގެންފައިވާ ގޮވާމުގެ ބާވަތްތައް ބެހުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ގޮތާ ގުޅޭގޮތުން ޒަކާތު ހައުސްއިން މިދިޔަ ބުރާސްފަތި ދުވަހު އިއުލާނެއް ކުރި އެވެ. އެ އިއުލާނުގައި ބުނެފައި ވަނީ ގޮވާމުން ޒަކާތް ބަހާނީ ހުކުރު ދުވަހުގެ މެންދުރުފަހު 2:00 އިން ފެށިގެން ހަވީރު 4:30 އަށް އަދި ރޭގަނޑު 9:30 އިން 11:00 އަށް ކަމަށެވެ.

ހޮނިހިރު ދުވަހު ތިން ދަންފަޅިއަކަށް ބަހާލައިގެން އެ މަސައްކަތް ކުރާނެ ކަމަށް ބުނެފައިވެ އެވެ. އެގޮތުން ހެނދުނު 10:00 އިން ފެށިގެން މެންދުރު 12:00 އަށް، މެންދުރުފަހު 1:00 އިން 3:00 އަށް އަދި ހަވީރު 4:00 އިން 5:00 އަށް ގޮވާން ބެހުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް ބުނެފައިވެ އެވެ.

ޒަކާތު ހައުސްއިން ބުނެފައިވާ ގޮތުގައި އެ ތަކެތި ބެހުމަށް ހަމަޖެހިފައި ވަނީ މާލެ ސިޓީގެ ފަގީރުންނާއި މިސްކީނުންގެ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ކަމުގަ އެވެ. އެ މަސައްކަތް ކުރިއަށް ދާނީ އިސްކަންދަރު ސްކޫލުގައި ކަމުގަ އެވެ.

ޒަކާތު ހައުސްއިން އިއްޔެކުރި އިއުލާނުގައި ބުނީ ގޮވާމުން ފިތުރު ޒަކާތް ބެހުމަށް ހަމަޖެއްސި ގަޑިތަަކަށް ބަދަލު ގެނެސްފައިވާ ކަމަށެެވެ.

އެ ބަދަލާ އެކު ހުކުުރު ދުވަހު ޒަކާތް ބަހާފައި ވަނީ މެންދުރުފަހު 2:00 އިން ފެށިގެން ހަވީރު 4:30 އަށެވެ. އަދި ރޭ 9:30 އިން 11:00 އަށް ވެސް ޒަކާތް ވަނީ ބަހާފަ އެވެ.

މިއަދު ގޮވާމުން ޒަކާތް ބަހަމުން ދަނީ ހެނދުނު 10:00 އިން ފެށިގެން މެންދުރު 12:00 އަށެވެ. މެންދުރުފަހު 1:00 ގައި އަލުން ފަށައި 3:00 އަށް މަސައްކަތް ނިންމާނެ ކަމަށް ވެސް ޒަކާތު ހައުސްގެ އިއުލާނުގައިވެ އެވެ.

ފިތުރު ޒަކާތުގެ ބަހާ ތަކެއްޗަކީ އާދައިގެ ހަނޑޫ، ތައިލެންޑް ހަނޑޫ، ބާސްމަތީ ހަނޑޫ، ރަތް ހަނޑޫ، ގޮދަން ފުށް އަދި އާޓާ ފުށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!