ޚަބަރު

އައިޔޫއެމްގެ ހުޅުމާލެ ސަނާބިލް އިމާރާތުގެ ކޮންކްރީޓް މަސައްކަތް ފަށައިފި

. ، ދެން އޮންލައިން
ސަނާބިލް އިމާރާތުގެ މަސައްކަތް ފައްޓަވައިދެއްވީ ރައީސް މުއިއްޒު/ ފޮޓޯ: ރައީސް އޮފީސް

އިސްލާމީ ޔުނިވާސިޓީ (އައިޔޫއެމް)ގެ ސަނާބިލް އިމާރާތްކުރަން ފެށުމުގެ ރަސްމިއްޔާތު، ރައީސް ޑރ. މުހައްމަދު މުޢިއްޒު ޝަރަފުވެރިކޮށްދެއްވައިފި އެވެ.

Ads by MPL

ސަނާބިލް ބިލްޑިން ކޮންސްޓްރަކްޝަން ސައިޓް، (ލޮޓް ނަންބަރު 11528)ގައި މިއަދު ހަވީރު ކުރިއަށްދިޔަ މި ރަސްމިއްޔާތުގައި ރައީސް ވަނީ އެ އިމާރާތްކުރަން ފައްޓަވައިދެއްވުމުގެ ގޮތުން ކޮންކްރީޓް އަޅުއްވައިދެއްވާފަ އެވެ.

މި މަޝްރޫޢަކީ އެ ޔުނިވާސިޓީއަށް ދެމެހެއްޓިނިވި ގޮތެއްގައި އާމްދަނީ ހޯދުމުގެ ގޮތުން ހިންގޭ މަޝްރޫއެކެވެ. މަޝްރޫއުގެ ދަށުން ޔުނިވާސިޓީގެ ބިމެއްގައި 7 ބުރީގެ "މިކްސްޑް-ޔޫޒް ކޮމްޕްލެކްސް" އެއް ބިނާކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އެގޮތުން މި އިމާރާތުގައި އޮފީސް ސްޕޭސްތަކާއި، ފުޑް ކޯޓާއި، މީޓިން ރޫމްތަކާއި، އޮޑިޓޯރިއަމް އަދި ކޮމާޝަން ޕާކިން ޖާގަތައް ހިމެނެނެ އެވެ.

ސަރުކާރުން ބުނީ މި މަޝްރޫއަކީ އިސްލާމިކް ފައިނޭންސްގެ ސުކޫކް މޮޑެލްގެ ދަށުން ފައިސާ ހޯދައިގެން އިމާރާތެއް އެޅުމަށް ރާއްޖޭގައި ހިންގޭ އެންމެ ފުރަތަމަ މަޝްރޫއު ކަމަށެވެ. މި މަޝްރޫއު ހިންގުމަށް ދިވެހިރާއްޖޭގެ ކެޕިޓަލް މާކެޓްގައި 1 މަސްދުވަހުގެ މުއްދަތަށް އައިޔޫއެމްގެ ސުކޫކު (ސުކޫކު އިސްތިސްނާއު) ސަބްކްރިޕްޝަންއަށް ހުޅުވާލީ 11 އޮގަސްޓް 2024 ގައެވެ. އަދި މުއްދަތު ހަމަވިއިރު ސަބްސްކްރައިބްކޮށްފައި ވަނީ ބޭންކް އޮފް މޯލްޑިވްސްގެ ބީއެމްއެލް އިސްލާމިކް އިންނެވެ.

އިމާރާތް ނިންމުމަށް ކަނޑައަޅާފައިވަނީ 18 މަސްދުވަހުންނެވެ.

Ads by Ooredoo