ޚަބަރު

ގަލޮޅު ޕާކްގެ ކޮންކްރީންޓް މަސައްކަތްތައް ކުރަން ބަޔަކާ ހަވާލުކޮށްފި

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން

ގަލޮޅު ޕާކްގެ ކޮންކްރީޓް މަސައްކަތްތައް ކުރަން ބަޔަކާ ހަވާލުކޮށް އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ.

Ads by MPL

މާލެ ސިޓީ ކައުންސިލްގެ ރަސްމީ 'އެކްސް' އެކައުންޓުން ކުރި ޕޯސްޓެއްގައިވާ ގޮތުން ޕާކުގެ 'ހާޑުވޭ ސްކޭޕިން' ނުވަތަ ކޮންކްރީޓް މަސައްކަތްތައް ހަވާލުކުރީ ހައިމަން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏަކަށެވެ.

މަސައްކަތުގެ ޖުމްލަ އަގަކީ، 1,828,491.84 ރުފިޔާ އެވެ. ސިޓީ ކައުންސިލުން ބުނީ އެއީ ޖީއެސްޓީ ވެސް ހިމަނައިގެން ކަމަށެވެ.

މަސައްކަތް ނިންމަން ޖެހޭ ތާރީހަކީ އަންނަ މެއި މަހުގެ 10 ވަނަ ދުވަހެވެ. މަސައްކަތް ނިންމަން ދީފައި އެ ވަނީ އެއް މަސް ދުވަހުގެ މުއްދަތެކެވެ.

Ads by Allied Insurance