Tuesday, 3 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

މިސައިލު ފޮނުވޭ މަނަވަރެއް ތުރުކީން ރާއްޖެއަށް ހަދިޔާކޮށްފި

މިސައިލު ފޮނުވޭ މަނަވަރެއް ތުރުކީން ރާއްޖެއަށް ހަދިޔާކޮށްފި

މިސައިލު ފޮނުވޭ މަނަވަރެއް ތުރުކީން ރާއްޖެއަށް ހަދިޔާކޮށްފި އެވެ.

މީގެ މައުލޫމާތު ތުރުކީގެ ޑިފެންސް މިނިސްޓްރީން ވަނީ އެ ގައުމުގެ މީޑިއާތަކަށް ފޮނުވައިފަ އެވެ.

ތުރުކީގެ މީޑިއާތަކުން ރިޕޯޓްކުރި ގޮތުގައި އެ މަނަވަރު ގެންނަން މަސައްކަތް ކުރަނީ މި މަހާއި ޖޫން މަހާ ދޭތެރޭގެ ތާރީހަކު ގެނައުމަށެވެ.

Advertisement
Allied Insurance — Square (box)

ރާއްޖެ ގެނެސް މަނަވަރު އެކްޓިވޭޓް ކޮށްދޭނީ ތުރުކީގެ ނޭވީ ޓީމުންނެވެ.

ރާއްޖޭގެ އަސްކަރިއްޔާއަށް މަނަވަރު ހަވާލުކޮށް ނިންމުމުގެ މަސައްކަތް އެއްކޮށް ނިމޭނީ ޖުލައި މަހު ކަމަށް ތުރުކީ މީޑިއާތަކުގައި ރިޕޯޓްކޮށްފައިވެ އެވެ.

އެ މުއްދަތުގެ ތެރޭގައި އެ މަނަވަރު އޮޕަރޭޓްކޮށް ހިންގާނެ ގޮތުގެ ތަމްރީން ދިވެހި ސިފައިންނަށް ފޯރުކޮށްދޭނެ އެވެ.

 

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް