ޚަބަރު

ދުންފަތް މަނާކުރަން ނިންމީ 2007ގެ ފަހުގެ ޖީލަށް

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ވަޒީރުންގެ މަޖިލިސް--

އަލަށް ދުންފަތުގެ އިސްތިއުމާލުކުރަން ފަށާ ފަރާތްތައް މަދުކޮށް ދުންފަތުން ރައްކާތެރިކުރެވިފައިވާ ޖީލެއް ބިނާކުރުމުގެ ގޮތުން ތަންފީޒުކުރަން ނިންމާފައިވާ ޖެނެރޭޝަން ބޭން 2007އިން ފެށިގެން އުފަންވެފައިވާ މީހުންގެ މައްޗަށް ތަންފީޒުކުރަން ވަޒީރުންގެ މަޖިލީހުން މިއަދު ނިންމައިފި އެވެ.

Ads by STELCO

އެ ނިންމުމާއެކު 01 ޖަނަވަރީ 2007 އިން ފެށިގެން އުފަންވެފައިވާ ހުރިހާ ކުދިން ދުންފަތުގެ ބާވަތްތައް ގަތުމާއި، ވިއްކުމާއި، ދުންފަތުގެ އިސްތިއުމާލު ކުރުން މަނާވެގެންދާނެ އެވެ،

ރައީސް އޮފީހުން ބުނީ އެ ކަން ތަންފީޒުކުރުމަށް ގާނޫނާއި ގަވާއިދުތަކަށް ގެންނަންޖެހޭ އިސްލާޙުތައް ގެނައުމަށްޓަކައި، ތަންފީޒީ އިދާރާތަކުން ކުރަންޖެހޭ ކަންކަން ކުރުމަށްވެސް މިހާރު ނިންމާފައިވާ ކަމަށެވެ،

އެ ގޮތުން ގާނޫނަށް އިސްލާހު ގެނެސް، ތަސްދީގުކުރާ ތާރީހުން ފެށިގެން ގާނޫނަށް ޢަމަލުކުރަން ފެށުމަށް ހަ މަސްދުވަހުގެ މުއްދަތެއް ދިނުމަށް ފަހު މި އަހަރުގެ ނޮވެމްބަރު މަހު އެ ގާނުނު  ތަންފީޒުކުރަން ފެށުމަށްވެސް ވަޒީރުންގެ މަޖިލީހުން ވަނީ ނިންމަވާފައެވެ.

"ޓޮބޭކޯ ސިޒޭޝަންގެ ހިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށްޓަކައި ކުރަންޖެހޭ ކަންކަން ކުރުމަށްޓަކައި، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގއާ މިނިސްޓްރީ އޮފް ހެލްތު ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރިޔަށްގެންދާނެއެވެ." ރައީސް އޮފީހުން އިތުރަށް ބުންޏެވެ.

ޒުވާން ޖީލު ދުންފަތާ ދުރުކުރުމަށް އެކަށައަޅުއްވާފައިވާ "ޖެނެރޭޝަނަލް ބޭން" ކަނޑައަޅުއްވާނޭ ގޮތާމެދު ރައްޔިތުންގެ ހިޔާލު ހޯއްދެވުމަށް، ރައީސް ޑރ. މުހައްމަދު މުއިއްޒު އެމަނިކުފާނުގެ ރަސްމީ "އެކްސް" އެކައުންޓުން ހުޅުވާލެއްވިއެވެ. ނަމަވެސް އެ ހިޔާލު ހޯދުންތަކުގައި ގިނަ ބަޔަކު ވޯޓު ދިނީ 2000 ވަނަ އަހަރުން ފެށިގެން އުފަންވެފައިވާ ފަރާތްތަކަށް ދުންފަތް މަނާކުރުމަަށެވެ.

Ads by Allied Insurance