Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
ސަރުކާރު

ހަރަމްފުޅެއްގެ އިމާމަކު 40 އަހަރު ފަހުން ރާއްޖެއަށް ވަޑައިގަންނަވަނީ

ހަރަމްފުޅެއްގެ އިމާމަކު 40 އަހަރު ފަހުން ރާއްޖެއަށް ވަޑައިގަންނަވަނީ

ހަރަމްފުޅެއްގެ އިމާމަކު 40 އަހަރު ފަހުން ރާއްޖެއަށް ރަސްމީ ދަތުރެއްގައި ވަޑައިގަންނަވަން ހަމަޖެހިފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

މީޑިއާތަކާ މިއަދު ހިއްސާކުރެއްވި މެސެޖެއްގައި ޝަހީމް ވިދާޅުވީ އިމާމް ރާއްޖެ ވަޑައިގެންނެވުމަށް ހުއްދަ ދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ލަފާފުޅާ އެކު، އިސްލާމީ އުންމަތުގެ މަތީ އިސްލާމީ ޝަހުސިއްޔަތުތައް ރާއްޖެ ވަޑައިގެންނެވުމަށް އިސްލާމިކް މިނިސްޓްރީން އެރުވި ދައުވަތުގައި ކަމަށެވެ.

އެ ދައުވަތުގައި މަދީނާގެ ހަރަމްފުޅުގެ އިމާމް އަދި ހަތީބު ފަޟީލަތުއްޝެއިހް ޑރ. ސަލާހުލްބުދައިރު، ރާއްޖެއަށް ރަސްމީ ދަތުރެއް ކުރައްވަން ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް ހުއްދަ ދެއްވާފައިވާ ކަމަށެވެ.

Advertisement
HDC — Sidebar (box)

އިމާމުގެ ދަތުރުގައި އިސްލާމީ މަރުކަޒުގައި ހުކުރު ހުތުބާ ދެއްވައި، އާންމުންނަށް ދީނީ ދަރުސެއް ދެއްވާނެ އެވެ. އަދި އިލްމުވެރިންނާ ބައްދަލުކުރައްވައި، ސަލްމާން މިސްކިތަށާއި އިސްލާމީ މުއައްސަސާތަކަށް ޒިޔާރަތްކުރައްވާނެ އެވެ. އޭގެ އިތުރުން ރައީސްގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

[caption id="attachment_279551" align="alignnone" width="690"]<img class="wp-image-279551 size-large" src="https://cdn.dhen.mv/wp-content/uploads/2025/04/IMG-20250415-WA0004-1024x683.jpg" alt="" width="690" height="460" /> މަދީނާގެ ހަރަމްފުޅުގެ އިމާމް އަދި ހަތީބު ފަޟީލަތުއްޝެއިހް ޑރ. ސަލާހުލްބުދައިރު: ރާއްޖެ ވަޑައިގަތުމަށް ވަނީ ހުއްދަ ދެއްވާފައި[/caption]

ޝަހީމް ވިދާޅުވި ގޮތުގައި މިއީ 40 އަހަރު ފަހުން ހަރަމްފުޅެއްގެ އިމާމަކު ރާއްޖެ ވަޑައިގަންނަވާ ފުރަތަމަ ފަހަރު ކަމުގަ އެވެ. މީގެކުރިން ހަރަމްފުޅެއްގެ އިމާމަކު ވަޑަައިގެންނެވީ އިސްލާމީ މަރުކަޒު ހުޅުވުމުގެ ރަސްމިއްޔާތަށެވެ. އެ ފަހަރު ވަޑައިގެންނެވީ މައްކާގެ ހަރަމްފުޅުގެ އިމާމު ފަޟީލަތުއްޝެއިހް މުހައްމަދު އައްސުބައްޔިލެވެ.

މަދީނާގެ ހަރަމްފުޅުގެ އިމާމު ޑރ. ސަލާހުލްބުދައިރަކީ ވަރަށް ރީތިކޮށް ގުރުއާން ކިޔަވައި ވިދާޅުވާ ބޭފުޅެކެވެ. މަދީނާގެ ހަރަމްފުޅުގައި އިމާމުވެ ތަރާވީހް ނަމާދު ކުރައްވަ އެވެ. އިމާމަކީ އިސްލާމީ ދުނިޔޭގެ އިހުތިރާމާއި ލޯބި ލިބިވަޑައިގެންފައިވާ އިލްމުވެރި ބޭފުޅެކެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް