އުރީދޫ ސްމާޓާ ހޯމް: ސްމާޓް ޑިވައިސްތަކާއި ސީމްލެސް ކަނެކްޓިވިޓީ އާއެކު ސްމާޓާ ހޯމްއެއް ބިނާކުރައްވާ

އުރީދޫ މޯލްޑިވްސްއިން ސްމާޓް ޑިވައިސްތައް ސީމްލެސް ބްރޯޑްބޭންޑް ކަނެކްޓިވިޓީގެ ބާރުން އިންޓަގްރޭޓްކޮށް އާންމު ދިރިއުޅުމަށް ބަދަލު ގެނައުމުގެ މަގުސަދުގައި ސްމާޓާ ހޯމް އިނީޝިއޭޓިވްއެއް ތައާރަފުކޮށްފި އެވެ.
ކޮންމެ ސުޕަނެޓް ކަނެކްޝަނަކާ އެކު ކަސްޓަމަރުންނަށް މިހާރު ބަންޑަލްޑް އޮފާއެއްގެ ގޮތުގައި، ސެކިއުރިޓީ ކެމެރާ އާއި ސްމާޓް ޑޯބެލް އަދި ކްލައުޑް ސްޓޯރެޖާ އެކު ޒަރޫރީ ސްމާޓް ހޯމް ޑިވައިސްތައް ހިމަނައިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ގޭބިސީތަކަށް ލުއިފަސޭހަކަމާއި ސަލާމަތާއި ހިތްހަމަޖެހުން ލިބިގެންދާނެ އެވެ. އަދި މިހާރު ސުޕަނެޓް ބޭނުންކުރަމުންދާ ފަރާތްތަކަށް ވެސް މި ސްމާޓާ ހޯމް ބަންޑްލް ނެގުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.
އަލަށް ތައާރަފުކުރި މި އޮފާއަކީ ކަސްޓަމަރުންނަށް ރިމޯޓްކޮށް ގެތައް މޮނިޓާކޮށް، ރައްކާތެރިކުރުމަށް ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދީ ސްމާޓް ގެތައް އުފެއްދުމަށް ފަރުމާކޮށްފައިވާ އޮފާއެކެވެ. އުރީދޫ ސުޕަނެޓް، އުރީދޫގެ ހައި ސްޕީޑް ބްރޯޑްބޭންޑް އިންޓަނެޓް މެދުވެރިކޮށް ބޭނުންކުރާ މި ޑިވައިސްތަކުގެ ސަބަބުން މެދުކެނޑުމެއް ނެތި ކަނެކްޓިވިޓީ ކަށަވަރުވެ، ގޭގެ ވެރިންނަށް ކޮންމެ ތަނަކުން ވެސް ރިއަލް ޓައިމް އަޕްޑޭޓާއި އެލާޓް ލިބޭނެ އެވެ.
މި މަސައްކަތުގެ މައިބަދަ ކަމަށްވާ އުރީދޫ ސުޕަނެޓުން އިތުބާރު ހިފޭ ބްރޯޑްބޭންޑް ކަނެކްޓިވިޓީ ފޯރުކޮށްދީ، މި ސްމާޓް ޑިވައިސްތައް މެދުކެނޑުމެއް ނެތި ފަސޭހަކަމާ އެކު މަސައްކަތް ކުރުމަށް މަގުފަހިކޮށްދެ އެވެ. ލައިވް ކެމެރާ ފުޓޭޖް ސްޓްރީމް ކުރިޔަސް ނުވަތަ ޑޯބެލް އެލާޓް ލިބުނު ނަމަވެސް ކަސްޓަމަރުންނަށް އެންމެ ރަނގަޅު ޕާފޯމަންސެއް ލިބިގެންދާނެ އެވެ. އުރީދޫ ސުޕަނެޓަކީ ފުލީ އިންޓަގްރޭޓެޑް ސްމާޓް ހޯމް އެކްސްޕީރިއަންސަކަށް އެންމެ ރަނގަޅު ހައްލަކަށް ވެގެންދާނެ އެވެ.
ސްމާޓާ ހޯމް ބަންޑަލް ސުޕަނެޓް ބޭނުން ކުރާ ފަރާތްތަކާއި މުޅިން އަލަން ސުޕަނެޓް ނަންގަވާ ކަސްޓަމަރުންނަށް ލިބިގެންދާނެ އެވެ. ޒަމާނީ ސްމާޓް ޓެކްނޮލޮޖީ އާއެކު ގެތައް އަޕްގްރޭޑް ކުރަން ކުރިއަށް ވުރެ ފަސޭހަވެގެން ދާނެ އެވެ.
