ޚަބަރު

ކައިވެންޏަަށް އިންކާރުކޮށް އެކައިވެންޏަށް އިސްނެގި މާފަރު އަންހެނަކު ކައިވެނީގެ މަޖިލިސް ދޫކޮށްލައިފި

އިބްރާހީމް ޙުސައިން ، ދެން އޮންލައިން

ކައިވެންޏަށް ރަން ކިޔާ ، ކައިވެނީގެ ހުރިހާ އިންތިޒާމްތަކެއް ހަމަޖައްސާ އަދި ކައިވެނީގެ މަޖިލިސް ކުރިއަށް ދަނިކޮށް އަންހެން މީހާ އެ މަޖިލިސް ދޫކޮށް ހިނގައްޖެއެވެ.

ކައިވެނީގެ މަޖިލިސްގައި ބައިވެރިވި މީހަކު "ދެން" އަށް މައުލޫމާތު ދެމުން ބުނީ ކައިވެންޏަށް އިންކާރުކޮށް ކައިވެނީގެ މަޖިލިސް ދޫކޮށް ދިޔަ އަންހެނަކީ ގާތްގަނޑަކަށް 55 އަހަރުގެ މީހެއް ކަމަށާއި އޭނާ ކައިވެނި ކުރަން އުޅުނީ ގާތްގަނޑަަކަށް 70 އަހަރުގެ މީހަކާ ކަމަށެވެ. އަދި ފިރިހެން މީހާ ކައިވެނީގެ އެކި ކަންކަމަށް 14 ހާސް ރުފިޔާ ހަރަދު ކޮށްފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.

" ކައިވެނީގެ މަޖިލިސް ފަށާއިރު ސޮއި ކުރަން ޖެހޭ އެއްޗެހީގައި ސޮއި ކުރަމުން ދަނިކޮށް ، ތިމަންނަ ބޭނުމެއް ނޫނޭ އިންނާކަށް ، ބުނެފައި ނިކުމެގެން ދިޔައީ" އޭނާ ނިކުމެގެން ދިޔަ ސަބަބެއް ނޭނގޭ ކަމަށް ބުނަމުން "ދެން"އަށް މައުލޫމާތު ދިން މީހާ ބުންޏެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި ކައިވެނި ކުރަން ބޭނުންވެ އެކަމަށް އިސްވެ އެދުނީ ވެސް އަންހެން މީހާއެވެ. އަދި ފިރިހެން މީހާ ކައިވެންޏަށް އެއްބަސްވީ އޭނާގެ ދަރީންގެ ނުގަބޫލުގައި ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.

މި އަންހެން މީހާއާ ފިރިހެން މީހާ ކުރިން ވަނީ ދެ ފަހަރު ކައިވެނި ކޮށްފައެވެ. އެގޮތުން މި އަންހެން މީހާގެ އަލަތު ކައިވެނިވެސް ކުރީ މި ފިރިހެން މީހާއާއެވެ. ދެވަނަ ފަހަރު ކައިވެނި ރޫޅުމުން ދެން ދެމީހުން ވެސް ކައިވެނި ކުރީ އެހެން މީހުންނާއެވެ. އަންހެން މީހާ ފަހުން ކުރި ކައިވެންޏަށް 7 ކުދިން ލިބުނެވެ. ނަމަވެސް އޭގެ ފަހުން އެ ކައިވެނި ވެސް ރޫޅިގެން ދިޔައީ އެވެ، ފިރިހެން މީހާ ކުރި ކައިވެނި ނިމުމަކަށް އައީ އަނބިމީހާ ނިޔާވުމުންނެވެ.

މިގޮތަށް މިކަންތައް ހިނގާ ދިޔުމުން މާފަރުގެ ގިނަ ބަޔަކު ވަނީ އެއަންހެން މީހާއަށް ނުރުހުން އަމާޒުކޮށް އޭނާއާ ދިމާއަށް އެއްޗެހި ކިޔާފައެވެ،

 

Ads by PNC
  1. ޖުހާ

    ފިރިހެން މީހާގެ ހައްގު ކޮބާ.

    • ފިރިހެނުންގެ ހައްޤެއްވެސް އޮވޭތަ؟

    • ޕޮއް

      ހައްގު އޮތްތާބާއްވާފަ އެދިޔައީ.