ހދ. އަތޮޅުގައި މަސްތުވާތަކެތީގެ އޮޕަރޭޝަންއެއް ހިންގައި ފަސް މީހަކު ހައްޔަރުކޮށްފި

އަޕާ ނޯތު ޕޮލިހާއި ޑްރަގް އެންފޯސްމަންޓު އަދި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހދ. ހަނިމާދޫއާއި ފިއްލަދޫގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަންތަކެއްގައި ފަސް މީހަކު އިއްޔެ ހައްޔަރުކޮށްފިއެވެ.
އިއްޔެގެ އޮޕަރޭޝަންގެ ތެރެއިން ހަނިމާދޫން ހައްޔަރުކުރީ:
- ހދ. ހަނިމާދޫ / ލޭކޮކާ، އަބްދުލް އަޒީޒް ހަސަން (38އ)
- ކ. ގުރައިދޫ / ގުލްފާމުގެ، ޖައިލަމް މުހައްމަދު (21އ)
- ކ. ގުރައިދޫ / ނަލަވާ، ހުސައިން ޝާވިން (23އ) އެވެ.
- ހއ. ފިއްލަދޫ / ކެވެލި، އަހުމަދު ހަލީމް (34އ)
- ހއ. ފިއްލަދޫ / ޓާޓާގެ، މުޙައްމަދު ސޯދިގު (45އ)






ކޮމެންޓް