Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ހުޅުމާލޭގައި ތަރައްގީކުރާ ހޮޓެލްގެ މަސައްކަތް ވޯލްޑް އޮފް ބިޒްނަސް އާ ހަވާލުކުރަން އެމްއޯޔޫގައި ސޮއިކޮށްފި

ހުޅުމާލޭގައި ތަރައްގީކުރާ ހޮޓެލްގެ މަސައްކަތް ވޯލްޑް އޮފް ބިޒްނަސް އާ ހަވާލުކުރަން އެމްއޯޔޫގައި ސޮއިކޮށްފި

ހުޅުމާލޭގައި އިމާރާތްކުރަން ފަށާފައިވާ ހޮޓެލް އިމާރާތުގެ މަސައްކަތް އެއްކޮށް ނިންމައި އެ ތަނުގެ ހިންގުން، 'ވޯލްޑް އޮފް ބިޒްނަސް ޕްރައިވެޓް ލިމިޓެޑް' އާ ހަވާލުކުރުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު އެމްއޯޔޫއެއްގައި ސޮއިކޮށްފި އެވެ.

އެޗްޑީސީން ބުނީ ސަރުކާރުގެ ބޭނުމަށް ހާއްސަ ކުރެވޭ އޮފީސް ބައެއް ހިމެނޭ ގޮތަށް ތަރައްގީކުރާ އެ ހޮޓެލްގެ މަސައްކަތް، އެ ތަން ހިންގުމަށް ހާއްސަކޮށް އުފައްދާފައިވާ ކުންފުންޏެއް ކަމުގައިވާ ވޯލްޑް އޮފް ބިޒްނަސް އާ ހަވާލުކޮށް މަސައްކަތް ފެށުމަށް ހަމަޖެހިފައި ވަނީ، އެ މަސައްކަތާ ކުރިން ހަވާލުވެފައި އޮތް އެސްޓީއޯ އާއެކު ސެޓްލްމަންޓް އެގްރީމަންޓަކަށް ދިއުމަށްފަހު ކަމަށެވެ.

އެ ހޮޓަލުގައި ސަރުކާރުގެ ބޭނުމަށް ހާއްސަ ކުރެވޭ އޭރިއާ (3.5 ފްލޯ ސްޕޭސް) ގައި ސަރުކާރުގެ މުހިންމު ވައުދުތަކުގެ ތެރޭގައި ހިމެނޭ މީޑިއާ ވިލެޖް، ޔޫތް ސެންޓަރު (އީ-ސްޕޯޓްސް) އަދި ހެރިޓޭޖް ކޮލެޖުގެ އިތުރުން މެޑިކަލް ކޮލެޖް ތަރައްގީ ކުރާނެ ކަމަށް އެޗްޑީސީން ބުންޏެވެ. އެ ތަންތަން ނިންމައި ހަވާލުކުރުމަށް ހަމަޖެހިފައި ވަނީ މަސައްކަތް ފަށާތާ ހަތަރު މަސް ދުވަހުގެ ތެރޭގައި ކަން ފާހަގަކުރި އެވެ.

Advertisement
Ooredoo — Truecaller (box)

އެޗްޑީސީން ބުނި ގޮތުގައި ހޮޓެލްގެ ބާކީ އޭރިއާގައި ފަސް ތަރި ސްޓޭންޑާޑްގެ 158 ކޮޓަރި ތަރައްގީކޮށް، މަސައްކަތް ފަށާތާ ނުވަ މަސް ދުވަހުގެ ތެރޭގައި އޮޕަރޭޝަނަށް ގެނައުމަށް ހަމަޖެހިފައިވާ ކަމުގަ އެވެ.

<img class="alignnone size-large wp-image-281719" src="https://cdn.dhen.mv/wp-content/uploads/2025/05/IMG-20250502-WA0003-1024x766.jpg" alt="" width="690" height="516" />

މިއީ ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންނަށް ޓްރާންސިޓް ކުރެވޭނެ ރަނގަޅު ހޮޓަލެއް ހުޅުމާލޭގައި ތަރައްގީ ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންފައިވާ ވައުދުފުޅާ އެއްގޮތަށް، އެންމެ ޒަމާނީ ވަސީލަތްތަކާ އެކު ފެންވަރު ރަނގަޅު ހިދުމަތް ދެވޭ ގޮތަށް ތަރައްގީކުރާ އިމާރާތެއް ކަމަށް އެ ކުންފުނިން ބުންޏެވެ.

'މެންހަޓަން ގްރޭންޑް ހޮޓެލް' ގެ ނަމުގައި ވޯލްޑް އޮފް ބިޒްނަސްއިން އެ ހޮޓެލް ހިންގާނީ 50 އިންސައްތަ ފޮރިން އިންވެސްޓްމަންޓް އަކާ އެކުގަ އެވެ. މި މަޝްރޫއަށް އިންވެސްޓް ކުރުމަށް ހަމަޖެހިފައި ވަނީ ޔޫއޭއީގެ ކުންފުންޏެއް ކަމުގައިވާ 'ޑީޕް ސީފުޑް ކޮމްޕެނީ' އިން ކަމުގައި އެޗްޑީސީން ފާހަގަކުރި އެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް