Thursday, 29 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ފަސް އަތޮޅުގައި ޓޫރިޒަމަށް އިންވެސްޓްކުރަން ޝައުގުވެރިކުރުވަން ލުއިތަކެއް ދެނީ

ފަސް އަތޮޅުގައި ޓޫރިޒަމަށް އިންވެސްޓްކުރަން ޝައުގުވެރިކުރުވަން ލުއިތަކެއް ދެނީ

ފަސް އަތޮޅުގައި ޓޫރިޒަމްއަށް އިންވެސްޓްކުރަން ޝައުގުވެރިކަން އިތުރުކުރުމަށް ލުއިތަކެއް ދޭން ނިންމައިފި އެވެ.

މިއަދު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ފަތުރުވެރިކަން އެންމެ ކުޑަކޮށް އޮތް 5 އަތޮޅަށް ފަތުރިވެރިން އަންނަ މިންވަރު އިތުރުކުރުމުގެ ގޮތުން އިންވެސްޓަރުން ޝައުގުވެރިވާނެ ގޮތަށް ހަދަން ގަވައިދަށް ބަދަލު ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެ ފަސް އަތޮޅުގެ ގޮތުގައި ރައީސް ފާހަގަކުރެއްވީ ހއ. ހދ. ށ. ތ. ލ. އެވެ.

Advertisement
Allied Insurance — Square (box)

އެގޮތުން އެ 5 އަތޮޅަށް އެކަނި ހާއްސަ ލުއިތަކެއް ވަކި މުއްދަތެއް ދޭން ނިންމާފައިވާކަން ރައީސް މިއަދު އިއުލާންކުރެއްވި އެވެ.

<strong>"ލުއިކޮށްލަނީ މައިގަނޑު ގޮތެއްގައި ލޭންޑް އިކުޒިޝަން ކޯސްޓަށް ވަރަށް ބޮޑު ލުއިތަކެއް ދޭނަން. އަދި އެ ގެންނަ ބައެއް ތަކެތީގެ ޑިއުޓީތަކަަށް ހާއްސަ ލުއިތަކެއް ދޭނަން"</strong> ރައީސް ވިދާޅުވި އެވެ.

އެ ލުއިތަކާއެކު އެ ފަސް އަތޮޅުގައި ޓޫރިޒަމް ދާއިރާއަށް އިންވެސްޓްކުރާނެ ފަރާތްތައް ލިބިގެންދާނެ ކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް އެބައޮތް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

<strong>"މި މަހުގެ ތެރޭގައި އިއުލާންކުރަން މި ޓާގެޓްކުރަނީ. މީގެ ހުރިހާ ކަންކަން ނިމެމުން ދަނީ. މި މަހުގެ ތެރޭގައި އިންވެސްޓަރުންނަށް ފުރުސަތު ހުޅުވާލާނަން އިރާދަ ކުރެއްވިއްޔާ"</strong> ރައީސް މުއިއްޒު ވިދާޅުވި އެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް