އެޑްވަޓޯރިއަލް ވިޔަފާރި

އެސްޓީއޯ ފިނިފިިނި ހިޓާޗީ ޕްރޮމޯޝަން ފަށައިފި

. ، ދެން އޮންލައިން
އެސްޓީއޯ ފިނިފިިނި ހިޓާޗީ ޕްރޮމޯޝަން ފެށުން: ޕްރޮމޯޝަނުގައި ހިޓާޗީ އެއަ ކޮންޑިޝަންގެ ޕްރޮޑަކްޓުތަކުން 15 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭނެ / ފޮޓޯ:އެސްޓީއޯ

އެސްޓީއޯ ފިނިފިިނި ހިޓާޗީ ޕްރޮމޯޝަން ފަށައިފި އެވެ.

Ads by STELCO

އެސްޓީއޯ ޕީޕަލްސް ޗޮއިސްއިން ވިއްކާ ހިޓާޗީ ބްރޭންޑުގެ އެއަ ކޮންޑިޝަނަ "ފިނިފިނި ހިޓާޗީ" ޕްރޮމޯޝަން ފައްޓަވައިދެއްވީ އެފްއެސްއެމްގެ އެމްޑީ ފާތިމަތު އާޝާން އެވެ.

އެސްޓީއޯއިން ގެނެސްދޭ ހިޓާޗީ އެއަ ކޮންޑިޝަނިން ޕްރޮޑަކްޓްތަކުގެ ހާއްސަ ވިޔަފާރީގެ މި ޕްރޮމޯޝަން ކުރިއަށް ދާނީ މި މަހުގެ ދެ ވަނަ ދުވަހުން ފެށިގެން ޖޫން މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށެވެ.

އެސްޓީއޯ ފިނިފިިނި ހިޓާޗީ ޕްރޮމޯޝަން ފެށުން: ޕްރޮމޯޝަން ފައްޓަވައިދެއްވީ އެފްއެސްއެމްގެ އެމްޑީ ފާތިމަތު އާޝާން / ފޮޓޯ:އެސްޓީއޯ

މި ޕްރޮމޯޝަނުގައި ހިޓާޗީ އެއަ ކޮންޑިޝަންގެ ޕްރޮޑަކްޓުތަކުން 15 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭނެ އެވެ.

މީގެ އިތުރުން 1،000 ރުފިޔާއިން މަތީގެ ކޮންމެ ގަތުމަކަށް ހާއްސަ ކޫޕަނެއް ލިބިވަޑައިގަންނަވާނެ އެވެ. އަދި ޕްރޮމޯޝަނުގެ ލަކީ ވިނާއަކަށް 30,000 ރުފިޔާގެ ހޯމް އެޕްލައިންސް ސާމާނުގެ ޕެކޭޖެއް ލިބިވަޑައިގަންނަވާނެ އެވެ.

ހިޓާޗީ ބްރޭންޑުގެ އެއަ ކޮންޑިޝަނަތަކަކީ ހަކަތަރި އެނާޖީ ލޭބަލް ލިބިފައިވާ، ތިމާވެށްޓާ ރައްޓެހި އަދި ކަރަންޓު ހަރަދު ކުޑަ އުފެއްދުންތަކެކެވެ.