ޚަބަރު

ޕެންޝަން އޮފީހުގެ ޗެއާމަންގެ މަގާމަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ޕެންޝަން އޮފީހުން މައުލޫމާތު ދޭން ބޭއްވި ސެޝަނެއްގެ ތެރެއިން/ ފޮޓޯ: ޕެންޝަން އޮފީސް

މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސްގެ ޗެއާމަންގެ މަގާމަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި އެވެ.

Ads by STELCO

އެ މަގާމަށް ކުރިމަތިލުމުގެ މުއްދަތު އެންމެ ފުރަތަމަ ހުޅުވާލީ މިދިޔަ މަހުގެ 29 ވަނަ ދުވަހު، މިއަދާއި ހަމަށެވެ.

ނަމަވެސް އެ އޮފީހުން މިއަދު ކުރި އިއުލާނެއްގައި ބުނީ  މުއްދަތު ހަމަވިއިރު އެކަށީގެންވާ އަދަދަކަށް އެޕްލިކޭޝަން ލިބިފައިނުވާތީ، އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 14އާ ހަމައަށް މިހާރު އިތުރުކޮށްފައިވާ ކަމަށެވެ.

"މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ތިން ނަން ޝޯޓްލިސްޓް ކުރެއްވުމަށްފަހު، ކެޕިޓަލް މާކެޓް ޑިވަލޮޕްމަންޓް އޮތޯރިޓީން އެ ފަރާތްތަކުގެ ޝަރުތު ހަމަވާކަން ޔަގީންކުރެވޭނެ އެވެ. ޕެންޝަން އޮފީހުގެ ބޯޑުގެ ޗެއާޕަރސަން އައްޔަނު ކުރައްވާނީ ރައީސުލްޖުމްހޫރިިއްޔާ އެވެ." ޕެންޝަން އޮފީހުން ކުރި އިއުލާންގައި ބުނެފައިވެ އެވެ.

އެ މަގާމަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި

  • ވިޔަފާރި، އިގުތިސާދީ ނުވަތަ ގާނޫނީ ރޮނގުން ފުރަތަމަ ޑިގްރީ ފެންވަރަށް ތައުލީމު ހާސިލުކުރައްވާފައިވުން.
  • ޕެންޝަން ނުވަތަ އިންވެސްޓްމަންޓްގެ ދާއިރާގައި މަސައްކަތްކުރައްވާ ތަޖުރިބާ ހާސިލުކުރައްވާފައިވުން.