ވާނުވާގެ މައްސަލަތައް ހައްލުކުރަން ވަކާލާތުކުރާ ބޭފުޅުން ރައީސްއަށް ހުށަހެޅުންތަކެއް

ވާނުވާ ބަންދުގައި ތިބި ފަރާތްތަކާ ގުޅޭގޮތުން ވަކާލާތުކުރައްވާ ބޭފުޅުން ރައީސް ޑރ. މުހައްމަދު މުއިއްޒު ބައްދަލުކުރައްވައި އެ މައްސަލަ ހައްލުކުރަން ހުށަހެޅުންތަކެއް ރައިސްއާ ހިއްސާކުރައްވައިފި އެވެ.
މިއަދު މެންދުރު ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމުގައި އެކަމާ ގުޅޭ ގޮތުން ވަކާލާތުކުރާ ބޭފުޅުން ވިދާޅުވީ އެހެން ސަރުކާރުތަކުން މަސައްކަތްކޮށްފައިނުވާ ވަރަށް މި ސަރުކާރުން ވާނުވާ ބަންދަށް ހައްލު ހޯދައިދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި އަދި މި ސަރުކާރުން ކުރައްވާ މަސައްކަތްތަކުން ރަނގަޅު ނަތީޖާއެއް ފެނުމުގެ އުންމީދު އެބައޮތް ކަމަށެވެ.
އަދި އެ މައްސަލަ ހައްލު ހޯދުމަށް ކުރާ މަސައްކަތްތަކުގައި އެބޭފުޅުންގެ ހުރި ހިޔާލުތައް ރައީސްއާ މިއަދު ވަނީ ހިއްސާކުރައްވައިފަ އެވެ.
އެ ބޭފުޅުން ހުށަހެޅުއްވި ކަންތައްތަކުގެ ތެރޭގައި
- ވާނުވާ ބަންދުގައި ތިބި ފަރާތްތަކަށް ވަކި ހަމައެއްގެ މަތިން މޮނިޓަރކުރެވޭނެ އިންތިޒާމެއް، ނުވަތަ އިލެކްޓްރޯނިކް ވަސީލަތެއްގެ އެހީގައި ބެލެހެއްޓޭނެ ނިޒާމެއް ހަމަޖެއްސުމަށްފަހު އެއް ފުރުސަތު ދިނުން
- ވާނުވާ ބަންދުގައި ތިބި ފަރާތްތަކުގެ މައްސަލަ އަވަހަށް ބެލޭނެ އިންތިޒާމެއް ހަމަޖެއްސުން






ކޮމެންޓް