ޚަބަރު

އޯއައިސީގެ ސެކްޓްރީ ވިދާޅުވީ ރާއްޖޭގެ މުއައްސަސާތަކާއ މެދު ފަހުރުވެރިވާ ކަމަށް 

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ރައީސް މުއިއްޒު އޯއައިސީގެ އެސްޖީއާއެކު--

ރާއްޖޭގެ މުއައްސަސާތަކަށް މެދު ފަހުރުވެރިވާ ކަމަށް މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ ސެކްރެޓަރީ ޖެނެރަލް ހުސެން އިބްރާހިމް ތޯހާ ވިދާޅުވެއްޖެ އެވެ.

Ads by STELCO

ތޯހާ އެފަދައިން ވިދާޅުވީ މިއަދު، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަރިހަށް ކުރެއްވި އިހުތިރާމްގެ ޒިޔާރަތުގައި އެމަނިކުފާނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެެވެ.

ރައީސް އޮފީހުގައި މިއަދު މެންދުރު ކުރިއަށް ގެންދެވި އެ ބައްދަލުކުރެއްވުމުގައި ތޯހާ ވިދާޅުވީ ރާއްޖެއަކީ އޯއައިސީގެ މެމްބަރު ގައުމުތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ގައުމުގެ ގޮތުގައި ސިފަކުރައްވައި، ރާއްޖޭގައި ގާއިމުކޮށްފައިވާ މުއައްސަސާތަކާ މެދު ފަހުރުވެރިވެވަޑައިގަންނަވާކަމަށް ވިދާޅުވެފަ އެވެ.

އަދި ރައީސް މުއިއްޒު ވަނީ އޯއައިސީން ރާއްޖެއަށް ދެއްވަމުން ގެންދަވާ އެއްބާރުލެއްވުމަށް ތައުރީފު ކުރައްވައި، އެޖަމިއްޔާގެ ހަރުދަނާ ލީޑާޝިޕަށްވެސް ތައުރީފްކުރައްވައިފަ އެވެ.

އެ ބައްދަލުކުރެއްވުން ނިންމަވާލައްވަމުން، ރައީސް މުއިއްޒުއާއި އޯއައިސީގެ ސެކްރެޓަރީ ޖެނެރަލް ވަނީ، އިސްލާމީ މުޖުތަމައުގެ ލާބައާއި މަންފާއަށްޓަކައި ދެ ފަރާތުން އަބަދުވެސް އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން އަރުވާފަ އެވެ.

Ads by Allied Insurance