Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

އީފާސް މެދުވެރިކޮށް ޑީޖޭއޭއިން ކުށުގެ ރެކޯޑު ސާފުކޮށްދިނުމުގެ ހިދުމަތް ފަށަނީ

އީފާސް މެދުވެރިކޮށް ޑީޖޭއޭއިން ކުށުގެ ރެކޯޑު ސާފުކޮށްދިނުމުގެ ހިދުމަތް ފަށަނީ

އީފާސް މެދުވެރިކޮށް ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ކުށުގެ ރެކޯޑާއި ދަރަނީގެ ރެކޯޑު ސާފުކޮށްދިނުމުގެ ހިދުމަތް ދޭން ފަށަން ނިންމައިފި އެވެ.

މިހާރު ޑީޖޭއޭއިން ކުށާއި ދަރަނީގެ ރެކޯޑު ސާފުކޮށްދެނީ އެކަމަށް ވަކި ހާއްސަ ފޯމެއް އެ އިދާރާއަށް ހުށަހަޅައިގެންނެވެ.

ނަމަވެސް އަންނަ ހަފުތާގެ ބުރާސްފަތި ދުވަހުން ފެށިގެން ކުށުގެ ރެކޯޑާއި ދަރަނީގެ ރެކޯޑު ސާފުކުރުމުގެ ހިދުމަތް އީފާސް މެދުވެރިކޮށް ދޭން ފަށާނެ ކަމަށް ޑީޖޭއޭއިން އިއްޔެކުރި <a href="https://gazette.gov.mv/iulaan/340144">އިއުލާނު</a>ގައި ބުންޏެެވެ. އެއީ އެ އެޑްމިނިސްޓްރޭޝަނުގެ <a href="http://records.judiciary.gov.mv">ޕޯޓަލް</a>އިން ވަދެގެން ކަމަށް ޑީޖޭއޭއިން ބުންޏެވެ.

Advertisement
Ooredoo — Truecaller (box)

ޑީޖޭއޭއިން ބުނީ އަންނަ މަހުން ފެށިގެން ވަކިވަކި ފަރުދުން ހުށަހަޅާ ފޯމުތައް ދެން ބަަލައިނުގަންނާނެ ކަމަށެވެ.

އެހެންނަމަވެސް، ދައުލަތުގެ އޮފީސްތަކުން ރެކޯޑު ސާފުކުރުމަށް އެދި ހުށަހަޅާ ލިސްޓުތަކާއި ކުންފުނިތަކުން ރެކޯޑު ސާފުކުރުމަށް ހުށަހަޅާ ފޯމުތައް ބަަލައިގަންނާނީ ކުރިއެކޭ ވެސް އެއްފަދައިން އެ އޮފީހެއް ނުވަތަ ކުންފުންޏެއްގެ ސިޓީއާއެކު ރެކޯޑު ސާފުކުރުމަށް އެދި ހުށަހެޅުމުން ކަމަށް ވެސް އިއުލާނުގައިވެ އެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް