ޚަބަރު ސަރުކާރު

ޚަތީބުން ތަމްރީނުކުރާ ޕްރޮގްރާމުގެ ތިންވަނަ ބުރަށް 283 ޒުވާނުން ކުރިމަތިލައިފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ޒުވާން ޚަތީބުން ތަމްރީނުކޮށް ނިންމުމަށް ބޭއްވި ރަސްމިއްޔާތެއްގެ ތެރެއިން --

އިސްލާމިކް މިނިސްޓްރީން ކުރިއަށް ގެންދާ ޒުވާން ޚަތީބުން ތަމްރީނު ކުރުމުގެ ޕްރޮގްރާމުގެ ތިންވަނަ ބުރަށް 283 ޒުވާނުން ކުރިމަތިލައިފި އެވެ.

Ads by STELCO

އިމާމުން ތަމްރީނު ކުރުމުގެ ގައުމީ މަޝްރޫއަކީ އިމާމުކަމުގެ ދާއިރާއިން އިތުރު ތަމްރީނު ދިނުމަށް ޓަކައި 11 ސަރަހައްދަކަށް ބަހާލައިގެން ދާއިމީ އިމާމުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް ފުރިހަމަކުރާ 18 އަހަރު ނުވާ ކުދިންނަށާއި ސްކޫލް ނިންމާފައި ތިބޭ ކުދިންނަށް ޚުތުބާ ކިޔުމާއި ހުކުރު ކުރުމުގެ ހުއްދަ ދޫކުރެ އެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޚަތީބުން ތަމްރީނުކުރާ ތިންވަނަ ޕްރޮގްރާމަށް ކުރިމަތިލުމުގެ މުއްދަތު މާދަމާ ހަމަވާނެ ކަމަށެވެ.

ތިންވަނަ ބުރަށް މިހާތަނަށް 283 ޒުވާނުން ކުރިމަތިލާފައިވާ ކަމަށް ޝަހީމް ވިދާޅުވި އެވެ. 

މިނިސްޓަރު ވިދާޅުވީ ޚަތީބުން ތަމްރީނު ކުރުމުގެ ފުރަތަމަ ބުރުގައި 250 ޒުވާން ޚަތީބުން ނެރެފައިވާނެ ކަމަށާއި އަމާޒަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފުރަތަމަ ދައުުރުގައި އެއްހާސް ޒުވާން ޚަތީބުން ނެރުން ކަމަށެވެ.