Wednesday, 4 November 2026
Advertisement
MWSC — SmartMeter (leaderboard)
އެޑްވަޓޯރިއަލް

އެލައިޑަށް 40 އަހަރު ފުރުން ކަސްޓަމަރުންނާއި އެކު ކުލަގަދަކޮށް ފާހަގަކޮށްފި

އެލައިޑަށް 40 އަހަރު ފުރުން ކަސްޓަމަރުންނާއި އެކު ކުލަގަދަކޮށް ފާހަގަކޮށްފި

"އެލައިޑް 40 – މައިލްސްޓޯންސް އެންޑް މުމެންޓަމް"ގެ ނަމުގައި ޖެން ހޮޓެލްގައި ހާއްސަ އިވެންޓެއް ކުރިއަށް ގެންގޮސްފި އެވެ.

ގިނަ އަދަދެއްގެ ކަސްޓަމަރުންގެ ހާޒިރުގައި އިއްޔެ ކުރިޔަށްގެންދިޔަ މިއިވެންޓް ހާއްސަކޮށްފައިވަނީ އެލައިޑުގެ ދިގު ކާމިޔާބު މާޒީގެ ފަހަތުގައިވާ އަގުހުރި، ހިދުމަތްތެރި ކަސްޓަމަރުންގެ އަގުވަޒަންކޮށް އެފަރާތްތަކާއި އެކު ވަގުތު ހޭދަކޮށް ހިޔާލު ބަދަލުކުރުމަށެވެ.

މީގެ އިތުރުންވެސް، އެލައިޑް އިންޝުއަރަންސުގެ ޕްރޮޑަކްޓް ޕޯޓްފޯލިއޯ މުއްސަނދި ކުރުމަށް މިއަހަރަށް ބާޒާރަށް ނެރުމަށް ހަމަޖެހިފައިވާ ބައެއް އުފެއްދުންތަކުގެ ހައިލައިޓްސް ވަނީ ކަސްޓަމަރުންނާއި ހިއްސާކޮށްފަ އެވެ.

Advertisement
Allied Insurance — Square (box)

އޭގެ ތެރޭގައި، ކްރިޓިކަލް އިލްނެސް ކަވާ، ސައިބާ އިންޝުއަރަންސް ކަވާ އަދި އެމްޕްލޯޔާސް ލައިބިލިޓީ ކަވާ ހިމެނެ އެވެ. މިޕްލޭންތަކާއި ގުޅޭގޮތުން އެލައިޑުން ބުނެފައިވަނީ ކުންފުނީގެ އުފެއްދުންތައް ބައްޓަން ކުރުމުގައި ބަވަނަވަމުންދާ ދުނިޔޭގެ ބަދަލުތަކަށް ފެތޭގޮތަށް ޕްލޭންތައް ފަރުމާކުރުމަށް ކުންފުނިން ނުހަނު އިސްކަމެއް ދޭ ކަމަށެވެ. އެގޮތުން މިޕްލޭންތަކުގެ ޒަރިއްޔާއިން ކަސްޓަމަރުންނަށް އިތުރު ރައްކާތެރިކަމެއް ފޯރުކޮށްދިނުމަކީ އުއްމީދެއްކަމުގައި އެލައިޑުން ވަނީ ފާހަގަކޮށްފަ އެވެ.

<img class="aligncenter wp-image-283959 size-full" src="https://cdn.dhen.mv/wp-content/uploads/2025/05/6151996398015465131-1.jpeg" alt="" width="1500" height="1001" />

މި އިވެންޓްގައި އެލައިޑުންވަނީ އެކުންފުނީގެ އިސްލާމިކް ވިންޑޯ "އަޔާދީ ތަކާފުލް" ރީބްރޭންޑްކޮށް "އެލައިޑް ތަކާފުލް"އަށް ބަދަލުކޮށްފަ އެވެ. ޝަރީއާ ކޮމްޕްލައިންޓް އިންޝުއަރަންސް ހިދުމަތްތައް ހޯދުމަށް ބޭނުންވާ ފަރާތްތަކަށް ހާއްސަ އިސްލާމިކް އިންޝުއަރަންސް ސޮލިއުޝަންސް ފޯރުކޮށްދެމުން އަންނަ މިގޮތްޕައް މިއަހަރު ވަނީ 11 އަހަރު ފުރިފަ އެވެ.

ކަސްޓަމަރުންނަށް ހާއްސަކޮށްގެން ކުރިޔަށްގެންދިޔަ އިވެންޓްގައި އެލައިޑުން ވަނީ އެ އިވެންޓްގެ ކޮންމެ ބައިވެރިއަކަށް ހާއްސަ ހޯމް ކޮންޓެންޓް ޕްލޭނެއް ހަދިޔާކޮށްފަ އެވެ.

އަދި 150،000 ރުފިޔާގެ އަގުހުރި ގޭތެރޭގެ މުދާ ރައްކާތެރިކުރާ މިޕްލޭނަކީ ގޭތެރޭގައި ހުންނަ ސާމާނަށް ކުރިމަތިވެދާނެ ފަދަ ގެއްލުންތަކަށް ބަދަލު ލިބޭ ގޮތަށް ތައްޔާރުކޮށްފައިވާ ޕްލޭނެކެވެ. ހަމައެއާއި އެކު އިވެންޓްގެ ބައިވެރިންގެ ތެރެއިން ނަސީބު ގުރުއަތުން ހޮވުނު 3 ފަރާތަކަށް އެލައިޑުން ވަނީ 1 އަހަރުގެ ދުވަހުގެ ވާލްޑްވައިޑް ޓްރެވަލް ޕްލޭނެއް (އޫއެސްއޭ އާއި ކެނެޑާ ނުހިމެނޭގޮތަށް) ވެސް ހަދިޔާކޮށްފަ އެވެ.

މިޕްލޭނުގެ ދަށުން ރާއްޖެއިން ބޭރަށް ކުރާ ދަތުރުތަކުގައި ކުރާ ސިއްހީ ފަރުއާއަށްދާ ހަރަދާއި ދަތުރު ޑިލޭވުމާއި ކެންސަލްވުން އަދި ލަސްވެ ނުވަތަ ގެއްލޭ ދަބަސް ފަދަ ތަކެއްޗަށް ބަދަލު ލިބެ އެވެ.

"އެލައިޑް 40 – މައިލްސްޓޯންސް އެންޑް މުމެންޓަމް" ނިންމާލާފައިވަނީ އެންމެހާ ބައިވެރިންނަށް ހާއްސަ މެންދުރުގެ ކެއުމަކުންނެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް