ޚަބަރު

މާރާމާރީ ހިންގައި ބޯ ފަޅާލި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ހިޔާ ޓަވަރެއް ކައިރީގައި މާރާމާރީ ހިންގައި މީހެއްގެ ބޯ ފަޅާލި މައްސަލައިގައި ހައްޔަރުކުރި މީހާ / ފޮޓޯ:ފުލުހުން

ހުޅުމާލޭގެ ފޭސް ދޭއްގެ ހިޔާ ޓަވަރެއް ކައިރީގައި މާރާމާރީ ހިންގައި މީހެއްގެ ބޯ ފަޅާލި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި އެވެ.

Ads by STELCO

ހިޔާ ޓަވަރު 11 ކައިރީގައި މާރާމާރީ ހިންގި މައްސަލަ އެ އިދާރާއަށް ރިޕޯޓުކޮށްފައި ވަނީ މިދިޔަ ހޯމަ ދުވަހުގެ ރޭ 11:51 ހާއިރު ކަމަށް ފުލުހުން ބުނެ އެވެ.

އެ މާރާމާރީގައި ދެ މީހަކަށް އަނިޔާވި އެވެ. އޭގެ ތެރެއިން އެކެއްގެ ބޯ ފަޅައިގެން ދިޔަ ކަމަށާ އަދި ދެ ވަނަ މީހާގެ ބުރަކަށީގެ އެކި ތަންތަނުން ދުޅަވެ، ދެ އަތުގެ އުޅަނބޮށި މަށައިގެން ގޮސްފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި މާރާމާރީ އާ ގުޅިގެން އަނިޔާ ލިބުނު މީހުންނަށް ފަރުވާ ދިނުމަަށް ހުޅުމާލޭ ހޮސްޕިޓަލަށް ގެންދިޔަ ކަމުގަ އެވެ.

އޭގެ އިތުރުން އެ މާރާމާރީ ހިންގި މީހުން ދެ ފޯނު ފޭރިގެންފައިވާ ކަމަށް ވެސް ފުލުހުން ފާހަގަކޮށްފައިވެ އެވެ.

މީޑިއާތަކަށް މިއަދު ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ އެ މައްސަލަ އާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ރޭ 11:10 ހާއިރު މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. ހައްޔަރުކުރީ މއ. ޝެލްޓާ، މުހައްމަދު ރައިހާން ހުސައިން (18އ) އެވެ.

އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ތަހުގީގު އަދި ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

Ads by HDC