Tuesday, 3 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

"އިންޑިއާ އައުޓް" ބެނާ ބަލާ ފުލުހަށް!

"އިންޑިއާ އައުޓް" ބެނާ ބަލާ ފުލުހަށް!

އިދިކޮޅު ލީޑަރ އަދި ކުރީގެ ރައީސް ، ރައީސް ޔާމީން އަބްދުލްގައްޔޫމްގެ ގެކޮޅު ހ. ދޫވެހިގޭގައި ދަމައިފައި ހުރި "އިންޑިއާ އައުޓް" ބެނާ ނެގުމަށް ކްރިމިނަލް ކޯޓުން ނެރެދިން އަމުރު ގާނޫނާ ހިލާފު ކަމަށް ކަނޑައަޅައި އެ އަމުރު ހައިކޯޓުން ބާޠިލުކުރުމާ ގުޅިގެން އެ ބެނާ ބަލައި އިދިކޮޅުން ފުލުހަށް ގޮސްފިއެވެ.

އެ ބެނާ ބަލާ ވަޑައިގެންފައި ވަނީ އިދިކޮޅުގެ ހަރަކާތްތަކުގެ ކޮމިޓީގެ ޗެއަރ އަދި ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު އިސްމާއިލާއި ޕީޕީއެމްގެ އިސްސަފުގައި ހަރަކާތްތެރިވެވަޑައިގަންނަވާ ބައެއް ބޭފުޅުންނެވެ. އިންޑިއާ އައުޓް ހަރަކާތް ހިންގާތީ މުޙައްމަދު އިސްމާއީލް ވަނީ މީގެ ކުރިން ދެ ފަހަރެއްގެ މަތިން ހައްޔަރުކޮށްފައެވެ.

ބެނާ ބަލައި ދިޔަ ނަމަވެސް ފުލުހުން އެ ބެނާ ދިންކަމެއް ނުވަތަ ނުދޭކަމެއް އަދި ސާފެއް ނުވެއެވެ.

Advertisement
HDC — Sidebar (box)

ހ.ދޫވެހީގައި ހަރުކުރި "އިންޑިއާ އައުޓް" ބެނާ ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން މިދިޔަ މަހު ފުލުހުން ގެންދިޔައީ އާންމު މަސްލަހަތަށް ގެއްލުންވާ ފަދަ އަމަލެއް ކުރާކަމުގެ ތުހުމަތުގައެވެ. އެ އަމުރު އިސްތިއުނާފު ކުރަން ހުށަހެޅުއްވީ ޔާމީންގެ ފަރާތްޕުޅުންނެވެ.

ކްރިމިނަލް ކޯޓުގެ އަމުރު ހައި ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ބާތިލް ކުރެއްވީ މައިގަނޑު ދެ ސަބަބެއްގެ މައްޗަށް ބިނާކޮށެވެ. އެއީ ކޯޓު އަމުރު ނެރެދޭން ޖެހޭ އެކަށީގެންވާ ސަބަބެއް އޮތް ކަމަށް ކްރިމިނަލް ކޯޓުގެ އަމުރުގައި ނިންމި ނިންމުމަށް ވާސިލްވި ސަބަބެއް އެނގެން ނެތުމާއި ބެނާ ނެގުމަށް ފުލުހުން ތުހުމަތުކުރި ކުށާއި ފުލުހުން އަމަލުކުރި ގޮތުގެ މައްސަލައެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް