އެޑްވަޓޯރިއަލް ވިޔަފާރި

ޓްވިމްބިޓް އެވޯޑްސްގައި މިއަހަރު ވެސް އުރީދޫއަށް ސްމޯލް ޓެލްކޯ އޮފް ދަ އިޔާގެ އެވޯޑު

. ، ދެން އޮންލައިން
ޓެލްކޯ އޮފް ދަ އިޔާ ސްމޯލް މާކެޓްސް އެވޯޑާ އެކު އުރީދޫ މޯލްޑިވްސްގެ އިސްވެރިން / ފޮޓޯ:އުރީދޫ

ޓްވިމްބިޓް ޓެލެކޮމް އެވޯޑްސް 2025 ގައި އުރީދޫ މޯލްޑިވްސްއަށް "ޓެލްކޯ އޮފް ދަ އިޔާ - ސްމޯލް މާކެޓްސް" ގެ ޝަރަފު ވިދިވިދިގެން ދެ ވަނަ އަހަރު ލިބިއްޖެ އެވެ.

Ads by STELCO

ޓްވިމްބިޓް ޓެލެކޮމް އެވޯޑްސްއަކީ ތަފާތު މާކެޓް ސެގްމެންޓްތަކުގައި އިނޮވޭޝަން، ކަސްޓަމަރުންގެ ތަޖުރިބާ އަދި ޑިޖިޓަލް ޓްރާންސްފޯމޭޝަންގައި މޮޅު ޓެލެކޮމިއުނިކޭޝަން އޮޕަރޭޓަރުން ފާހަގަކުރާ އެވޯޑެކެވެ. ސްމޯލް މާކެޓްސް ކެޓަގަރީގެ ވާދަކުރަނީ ދެ މިލިއަން ހަމަ ނުވާ ގައުމުތަކުގެ ޓެލްކޯ އޮޕަރޭޓާސް އެވެ.

މި އަހަރުގެ މުބާރާތުގައި އުރީދޫ މޯލްޑިވްސްއަށް މި ވަނަ ލިބިފައި ވަނީ ދިރާގު، ބްރޫނާއީގެ ޑީއެސްޓީ، ބޫޓާން ޓެލެކޮމް ފަދަ ކުންފުނިތަކާ ވާދަކޮށެވެ.

ވާދަވެރިކަން ބޮޑު މި ކެޓަގަރީގައި އުރީދޫގެ ޑިޖިޓަލް އިނޮވޭޝަން، އިންކްލޫސިވް ސާވިސަސް އަދި ރާއްޖޭގެ ޑިޖިޓަލް މާހައުލު ބަދަލުކުރުމަށް ކުރަމުންދާ މަސައްކަތް ވަނީ ފާހަގަކޮށްފަ އެވެ. އޭގެ ތެރޭގައި:

  • "ޑިޖިޓަލް މޯލްޑިވްސް" ތަސައްވުރުގެ ދަށުން 5ޖީ ފުޅާކުރުން
  • އެމް-ފައިސާ މެދުވެރިކޮށް ފިންޓެކް އިނޮވޭޝަން
  • އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ޑްރިވެން ޑިޖިޓަލް އެކްސްޕީރިއަންސް
  • މާނަހުރި ކޮމިއުނިޓީ އިނިޝިއޭޓިވްސް
  • ކުންފުނިން ކުރާ ސްޓްރެޓެޖިކް އިންވެސްޓްމަންޓްސް

އުރީދޫ މޯލްޑިވްސްގެ ސީއީއޯ ހާލިދު އަލް ހަމާދީ ވިދާޅުވީ ޖެހިޖެހިގެން ދެ ވަނަ އަހަރަށް މި އެވޯޑު ލިބުމަކީ އެ ކުންފުނީގެ ޓީމަށް ލިބުނު ފަހުރެއް ކަމަށެވެ. މިކަމުން ދައްކުވައި ދެނީ ރާއްޖެ ޑިޖިޓަލީ ކުރިއަރުވަން އުރީދޫން ކުރަމުން އަންނަ މަސައްކަތް ކަމުގައި ފާހަގަކުރެއްވި އެވެ.

"އަޅުގަނޑުމެން މި އަގުވަޒަން ކުރަނީ އަޅުގަނޑުމެންގެ ހީވާގި މުވައްޒަފުންނާއި އަގުހުރި ކަސްޓަމަރުންނާއި ޕާޓްނަރުންނަށް. އެ ފަރާތްތަކުގެ ސަބަބުން އަޅުގަނޑުމެން ދެމުން އަންނަ ހިދުމަތްތައް އިހުނަށް ވުރެ ރަނގަޅުކޮށް، މިހާރަށް ވުރެ ބޮޑަށް ގުޅިފައިވާ ޑިޖިޓަލް މޯލްޑިވްސްއެއް އުފެއްދުމަށް އަބަދުވެސް ހިތްވަރު ދޭތީ،" އުރީދޫ މޯލްޑިވްސްގެ ސީއީއޯ ވިދާޅުވި އެވެ.

ޑިޖިޓަލް ފަރަގުތައް ނައްތާލުމާއި ޓެކްނޮލޮޖީގެ ޒަރިއްޔާއިން އާންމު ދިރިއުޅުމުގެ ތަޖުރިބާތައް ރަނގަޅު ކުރުމާ އަދި ގައުމީ ކުރިއެރުމުގެ މައި ކުންފުންޏެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ މަސައްކަތުގައި ދެމިއޮންނާނެކަން އުރީދޫން ފާހަގަކުރެ އެވެ.

Ads by HDC