ޚަބަރު ސަރުކާރު

މާލީ ހިދުމަތްތަކުގެ ސިނާއަތު ކުރިއަރުވަން ކުންފުންޏެއް އުފައްދައިފި

. ، ދެން އޮންލައިން
ވަޒީރުން މަޖިލީހުގެ ބައްދަލުވުމެއްގައި ރައީސް ޑރ މުހައްމަދު މުއިއްޒު/ ފޮޓޯ: ރައީސް އޮފީސް

ގްރޭޓާ މާލެ ފައިނޭންޝަލް ޑިސްޓްރިކްޓް ލިމިޓެޑްގެ ނަމުގައި ސަރުކާރުގެ ކުންފުންޏެއް ރައީސް ޑރ. މުހައްމަދު މުއިއްޒު، މިއަދު އުފައްދަވައިފި އެވެ.

Ads by STELCO

އެމަނިކުފާނު އެ ކުންފުނި އުފައްދަވާފައި ވަނީ ސަރުކާރުގެ ގެޒެޓުގައި ޝާއިއު ކުރެއްވި ނަންބަރު 15/2025، ގަރާރަކުންނެވެ.

ރައީސް އޮފީހުން ބުނީ ސަރުކާރުގެ ސައްތައިންސައްތަ ހިއްސާ އެކުލެވިގެންވާ، އެ ކުންފުނި އުފެއްދެވުމުގެ މައިގަނޑު މަގުސަދަކީ، ސަރުކާރުގެ އިގްތިސާދީ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތީން، ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކުރުމަށާއި، ޑިޖިޓަލް ފައިނޭންޝަލް ސާވިސަސްއާއި، ޑިޖިޓަލް ރިއަލް އެސްޓޭޓާއި، ފައިނޭންޝަލް ޓޫރިޒަމާއި، ބޭންކިންގެ ހިދުމަތްތައް ހިމެނޭގޮތުން، މާލީ ހިދުމަތްތަކުގެ ސިނާއަތު ރާއްޖޭގައި ކުރިއަރުވައި، ބައިނަލްއަގުވާމީ މާލީ ހިދުމަތްތަކުގެ މަރުކަޒަކަށް ރާއްޖެ ހެދުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރުމަށާއި، އެ މަސައްކަތްތަކާ ގުޅޭ އެންމެހާ ކަންކަން ތަންފީޒުކުރުމަށް ކަމަށެވެ.

"އެ ކުންފުންޏަށް ހުއްދަކޮށްފައިވާ ރައުސުލްމާލަކީ، 10ރ 100،000،000 ހިއްސާގެ މައްޗަށް ބަހައިލެވިފައިވާ 1،000،000،000/ރ އެވެ. އަދި އެ ކުންފުންޏަކީ އަމިއްލަ ނަމުގައި ދައުވާކުރުމާއި، ދައުވާ ލިބިގަތުމުގެ ހައްގު ލިބިގެންވާ، ވަކި ސިއްކައެއް އޮންނަ، ގާނޫނީގޮތުން އަމިއްލަ ޝަހްސެކެވެ.

Ads by Ooredoo